އުސްފަސްގަނޑު ސަރަހައްދުން ދުއްވާފައިދިޔަ ޓެކްސީއެއްގައި ރޯވެއްޖެ

އަލިފާންރޯވި ޓެކްސީ ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

އުސްފަސްގަނޑު ސަރަހައްދުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 8:34 އެހައިކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ނިއްވާލާފައި ވަނީ މިރޭ 8:39 ގައި ކަމަށެވެ.

އެ ހާދިސާގައި ޓެކްސީގެ ހުރިހާ ސީޓަށްވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގި ވަގުތު ކާރުގައި ދެ ފަސިންޖަރުން ތިބިކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

comment ކޮމެންޓް