މަރުވި ދެ ޒުވާނުން ވަޅުލައިފި

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި ދެޒުވާނުން: އަޙްމަދު ހާމިން، 22 ތ. ތިމަރަފުށި (ވ)، ފާތިމަތު ސަމާ، 18، ދަފްތަރު (ކ) -- ފޮޓޯ: ސޯޝަލްމީޑިއާ

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުން މިއަދު ވަޅުލައިފިއެވެ.

ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ. އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30 އެހައިކަންހާއިރުއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ހަރަކާތްތެރިވާ "ސަން"ގެ ނޫސްވެރިޔާ މުހައްމަދު ސަމާހު ބުނީ އެ ދެ މީހުންގެ ހަށިގަނޑު ހުޅުމާލޭ ސަހަރާއަށް ގެންދިޔައީ މިއަދު މެންދުރުފަހު 3:07ގައި ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް މަޣުރިބު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ވަނީ ކަށު ނަމާދުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު ހުޅުމާލޭ ނިރޮޅު މަގުގައި އެމީހުން ތިބި ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އަދި ސަލާމަތްވި ޒުވާނާއަށް ފަރުވާދިނުމަށްފަހު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް