ދިރާގުން މެދު ރާއްޖެތެރޭގެ ފަސް ރަށަކަށް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދީފި

ދިރާގުން ފޯރުކޮށްދޭ ފައިބާރ ބްރޯޑްބޭންޑް ހިދުމަތް މެދު ރާއްޖޭގެ ފަސް ރަށަކަށް ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ދިރާގު

ދިރާގުން ފޯރުކޮށްދޭ ފައިބާރ ބްރޯޑްބޭންޑް ހިދުމަތް މެދު ރާއްޖޭގެ ފަސް ރަށަކަށް މިއަދު ރަސްމީކޮށް ފޯރުކޮށްދީފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފައިބާރ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީފައި ވަނީ އއ.އުކުޅަސް ، އއ. މަތިވެރި ،އއ.ބޮޑުފުޅަދޫ ، އދ. ދަނގެތި އަދި އދ . މާމިގިއްޔެވެ.

މިއަދު އެ ރަށްރަށުގައި އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވާއިރު ފަސް ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން އަލަށް އެ ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ފައިބާ ބްރޯޑްބޭންޑް ގުޅައިދޭން ނިންމާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީ އަބަދު ވެސް ދިވެހިންނާއި ހިސާބަށް ގެނެސްދޭ ދިރާގުން ފޯރުކޮށްދޭ ފައިބާ ބްރޯޑްބޭޏްޑަކީ، ބްރޯޑް ބޭންޑުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އަދި މިއީ ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި ފައިބާރ ބްރޯޑްބޭންޑް ހިދުމަތް ވެސް މެއެވެ. އެގޮތުން 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލެވެންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖް ދިރާގުން ފޯރުކޮށް ދޭ މި ހިދުމަތުގެ ތެރޭގައި ހިމެނެއެވެ.

ދިރާގުން އަލަށް މެދު ރާއްޖެތެރޭގެ ފަސް ރަށަކަށް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފެށިއިރު މިހާރު ވެސް ކ. އަތޮޅުގެ ހަތަރު ރަށަކަށާއި މާލޭގެ ހުރިހާ އަވަށަކަށް އެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބ. އަތޮޅުގެ އެއް ރަށަކާއި ވ. އަތޮޅުގެ ތިން ރަށެއްގެ އިތުރުން ލ. އަތޮޅުގެ ތިން ރަށެއްގައި ވެސް އަންނަނީ ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް