މާލިއާ ޔުނިވާސިޓީއަށް ދާ ތަން ފެނުމުން އަޅުގަނޑަށް ރޮވުނު: އޮބާމާ

އޮބާމާ އޭނާގެ ދޮށީ ދަރިފުޅު މާލިއާ އާއެކު

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އޭނާގެ ދޮށީ ދަރިފުޅު މާލިއާ އޮބާމާ ފުރަތަމަ ދުވަހު ޔުނިވާސިޓީއަށް ލާން ދިޔަ ދުވަހު ބޭއިހްތިޔާރުގައި ރޮވުނުކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް އެވަގުތު އިހްސާސްވީ އޯޕަން ހާޓް ސާޖަރީއެއް ކުރިހެން. އަޅުގަނޑު މާލިއާގެ ކުރިމަތީގައި އެކަމަކު ނުރޮން. އެކަމާ އަހަރެން ފަހުރުވެރިވަން،" އޮބާމާ ވިދާޅުވިއެވެ.

"އަނބުރާ އަޅުގަނޑު ދިޔައިރު އަހަރެންނަށް ރޮވިގެން ނޭފަތް ދަމަންދިޔައިރު ސީކްރެޓް ސާވިސްއިން ތިބީ އަޑުނީވޭ ކަމަށް ހަދައިގެން. އެ ވަގުތު އެއީ ވަރަށް ފުން އިހްސާސު ކުރެވުނު ވަގުތު ކޮޅެއް،" އޮބާމާ ކިޔައިދިނެވެ.

މާލިއާ މިހާރު ކިޔަވަމުންދަނީ އެމެރިކާގައި ހުންނަ ހާވާޑް ޔުނިވާސިޓީއެވެ. ހާވާޑަކީ މުޅި ދުނިޔޭގައި އެންމެ ފެންވަރު ރަނގަޅު އެއް ޔުނިވާސީޓީއެވެ. މާލިއާގެ އިތުރުން ސާޝާ އޮބާމާ ކިޔާ 19އަހަރުގެ އެހެން އެހެން އަންހެންކުއްޖަކު ވެސް އޮބާމާގެ ހުރެއެވެ.

އޮބާމާ އޭނާގެ އަންހެނުން އަދި ދެ ދަރިފުޅާއެކު--

އޮބާމާ އެ ވާހަކާ ހިއްސާކޮށްފައި ވަނީ ދާދި ފަހުން އެ މަނިކުފާނު ވަޑައިގެންނެވި އިވެންޓެއްގައި ވާހަަކަ ދައްކަވުމުންނެވެ.

އެ އިވެންޓުގައި އޮބާމާ ވަނީ ދެ ކުދިންގެ ބައްޕައަކަށްވުމަކީ ކިހާ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"މިހާތަނަށް އަޅުގަނޑު ފުރިހަމަ ކޮށްފައިވާ ހުރިހާ ކަމަކަށް ވުރެ އެ ދެކުދިންގެ ބައްޕައަކަށް ވުމަކީ އަޅުގަނޑު މާ ފަހުރުވެރިވާ ކަމެއް،" އޮބާމާ ވިދާޅުވިއެވެ.

comment ކޮމެންޓް