ޓޫރިޒަމްގެ އިތުރަށް އެހެން ވިޔަފާރިއެއް ކުރާ ނަމަ ވެސް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ޖެހޭނެ

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ޓޫރިޒަމް ދާއިރާގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ފަރާތްތަކުން، ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާއެއްގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، އެ ހަރަކާތެއް ނިސްބަތްވާ ދާއިރާއެއްގައި ރަޖިސްޓަރީކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމުގައި މީރާ އިން ބުނެފި އެވެ.

މީރާ އިން ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތައް އެހެން ދާއިރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސް ނަގާ ހަރަކާތެއް ހިންގާ ފަރާތްތަކުން އެހެން ދާއިރާއެއްގައި ވިޔަފާރިއެއް ހިންގާ ނަމަ އަންނަ މަހުގެ އެކެއްގެ ކުރިން ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް މީރާއިން ބުންޏެވެ.

އަދި އެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމުގައި ވިޔަފާރީގައި ޖީއެސްޓީއަށް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ކަމަށް ކަނޑައަޅައިފައިވާ 1،000،000 (އެއް މިލިއަން) ރުފިޔާގެ ތްރެޝޯލްޑަށް ބެލުމެއް ނެތި ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

comment ކޮމެންޓް