ގެސްޓްހައުސްތަކަށް ހާއްސަ ޕްރޮމޯޝަނެއް އެލައިޑް އިންޝުއަރެންސުން ފަށައިފި

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް 2017 ގައި އެލައިޑް ގެ ސްޓޯލް -- ފޮޓޯ/ ގެސްޓްހައުސް މޯލްޑިވްސް

ރާއްޖޭގެ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް އެލައިޑް އިންޝުއަރެންސުން ފަށައިފި އެވެ.

އެލައިޑް އިންޝުއަރެންސްއިން ފެށި އެ ޕްރޮމޯޝަނަކީ، އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް އިން ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީއެއް ނަގައިގެން ލަންޑަނުގައި އޮންނަ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ފެއާއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކަމަށް އެލައިޑް އިންޝުއަރެންސުން ބުންޏެވެ.

އެލައިޑް އިންޝުއަރެންސުން އަދި އަޔާދީ ތަކާފުލް އިން އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އިންޝުއަރެންސް ޕޮލިސީއެއް ނެގުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލަންޑަންގެ ދެކޮޅު ޓިކެޓްގެ އިތުރުން 2100 ޑޮލަރު ވެސް ދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެ ޕްރޮމޯޝަންގައި އެލައިޑާއެކު އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ޓާކިޝް އެއާލައިން ބައިވެރިވާކަމަށް އެލައިޑުން ބުންޏެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 6 އިން 8 ލަންޑަންގަ އޮންނަ ޑަބްލިއުޓީއެމް ފެއާއަކީ ޓޫރިޒަމް ދާއިރާގައި ދުނިޔޭގައި ބާއްވާ ދެ ވަނައަށް އެންމެ މަގުބޫލު ފެއާ އެވެ.

comment ކޮމެންޓް