ކައުންސިލްތައް މެދުވެރިކޮށް އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭނެ ސްކީމެއްގެ މޮޑެލްއެއް!

އިސްލާމިކް ޔުނިވެރސިޓީން ކުރިއަށްގެންދިޔަ އައިސީއައިއޭ ގެ ބައްދަލުވުމުގެ ތެރެއިން --

ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ދެވޭނެ މޮޑެލް އެއް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ހުށައަޅައިފިއެވެ.

އެމްސީއައިއެފް އިން އެ މޮޑެލް ހުށައެޅީ މިމަހުގެ 23 އިން 24 އަށް އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކްނިންގ (އައިސީއައިއޭ) ގައި ހުށައެޅި ދިރާސާ ކަރުދާހެއްގެ ގޮތުގައެވެ.

އިސްލާމިކް ޔުނިވެރސިޓީން ކުރިއަށްގެންދިޔަ އައިސީއައިއޭ ގެ ބައްދަލުވުމުގެ ތެރެއިން --

އެމްސީއައިއެފް އިން ބުނީ އެ މޮޑެލް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުދި އަދި މެދުފަންތީގެ ފައިނޭންސް ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭ އުސޫލުތައް ދިރާސާ ކުރުމަށްފަހުގައި ހަދާފައިވާ މޮޑެލް އެއް ކަމަށެވެ. އަދި އެ މޮޑެލް ހެދުމަށްޓަކައި އެލްޖީއޭ މެދުވެރިކޮށް 98 ކައުންސިލް އިދާރާއެއްގެ މައުލޫމާތު ހޯދައިފަވާނެކަމަށްވެސް އެމްސީއައިއެފް އިން ބުންޏެވެ.

އެލްޖީއޭ މެދުވެރިކޮށް ރާއްޖޭގެ 98 ކައުންސިލަކުން ހޯދި މައުލޫމާތުތައް ދިރާސާކުރުމަށްފަހު އެމްސީއައިއެފް އިން ގެނެސްދިން އެ މޮޑެލްއަކީ ރަށްފުށުގެ އާބާދީތަކުގައި އިސްލާމީ ޝަރީއާގެ އުސޫލުން، ކައުންސިލްތައް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ ގޮތުގެ މޮޑެލްއެއްކަމަވެސް އެމްސީއައިއެފް އިން ބުންޏެވެ.

އިސްލާމިކް ޔުނިވެރސިޓީން ކުރިއަށްގެންދިޔަ އައިސީއައިއޭ ގެ ބައްދަލުވުމުގެ ތެރެއިން --

އެމްސީއައިއެފް އިން ބުނީ އެ މޮޑެލްއަށް އަމަލުކުރަން ފެށުމުން އިތުރުއެއްވެސް ފަރާތެއްގެ ފަންޑަކަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީ އިން އެކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ޚިދުމަތް ދެވިގެންދާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކުދި ކުދި ކަންކަން ނުވަތަ ރައްޔިތުންނަށް މާލީ ގޮތުން ބޭނުންވާ ކުދި އެހީތައް ހޯދުމަށްޓަކައި ބޭންކްތަކުގައި ލޯން ސްކީމެއް ހަމަޖެހިފައި ނުވާއިރު އެމްސީއައިއެފް އިން ހުށައެޅި އެ މޮޑެލް ބޭނުންކޮށް ރަށު ކައުސިލް އިދާރާގެ ފަރާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންނާނެ ގޮތް އެ މޮޑެލްގައި ވެއެވެ.

އިސްލާމިކް ޔުނިވެރސިޓީން ކުރިއަށްގެންދިޔަ އައިސީއައިއޭ ގެ ބައްދަލުވުމުގެ ތެރެއިން --

ފަންޑުގެ ގޮތުގައި ބޭނުންކުރުމަށް މޮޑެލްގައި ހުށައަޅާފައިވަނީ ކައުންސިލްތަކުން ހޯދާ އާމްދަނީއެވެ. އަދި އެމްސީއައިއެފް އިން ކުރި ދިރާސާއިން ދައްކާ ގޮތުގައި ގިނަ ރަށްރަށުގެ ކައުންސިލް އިދާރާގައި އެ މޮޑެލްއަށް މަސައްކަތް ކުރުމުގެ ފަންޑު ހުރިކަމަށްވެސް އެމްސީއައިއެފް އިން ބުންޏެވެ.

އެމްސީއައިއެފް އިން ހުށައެޅި މޮޑެލްގައި ވާގޮތުން އެ މޮޑެލް ކުރިއަށްގެންދިއުމުގައި ކަރުދާހުގެ މަސައްކަތްތަކާއި، ސްޓަފް ޓްރެއިނިންނާއި އަދި ޝަރީއާ އެޑްވައިޒަރީ ނުވަތަ ސްޕަވިޒަން ފަދަ މުހިންމު މަސައްކަތްތައް ކައުންސިލްތަކުން އަމިއްލަޔަށް ނުވަތަ އެމްސީއައިއެފް ފަދަ މުއައްސަސާއަކާ ގުޅިގެން ކުރިއަށްގެންދެވިދާނެ ކަމަށްވެއެވެ.

އިސްލާމިކް ޔުނިވެރސިޓީން ކުރިއަށްގެންދިޔަ އައިސީއައިއޭ ގެ ބައްދަލުވުމުގެ ތެރެއިން --

އެމްސީއައިއެފް އިން ބުނީ، މިހާތަނަށް ރަށު ކައުންސިލްތަކުގެ މާލިއްޔަތުން އިންވެސްޓްނުކޮށް ތިބީ އެކަށީގެންވާ މޮޑެލްއެއް ގެނެސްދެވިފައި ނެތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކައިންސިލް އިދާރާތަކުން އެ މޮޑެލްގެ ބޭނުން ކުރާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ޝަރީއާ ހުއްދަކުރާ މިންގަޑުގެ ތެރެއިން ހިދުމަތްދިނުމަށް މިހާރުވެސް ބައެއް ކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް އެއް ކައުންސިލަކާއެކު އެ ސައްކަތް ފެށިގެންދާތަން ފެންނާނެކަމަށްވެސް އެމްސީއައިއެފް އިން ބުންޏެވެ.

comment ކޮމެންޓް