ސްނެކްސް ބްރޭންޑްގެ ކިޓްކޯ އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފުކޮށްފި

ޔޫއޭއީ އާއި މެދުއިރުމަތީގައި މަޝްހޫރު ސްނެކްސް ބްރޭންޑެއް ކަމުގައިވާ ކިޓްކޯ މިހާރު އެސްޓީއޯއިން ލިބެން ހުންނާނެ -- ފޮޓޯ/ އެސްޓީއޯ

ޔުނައިޑެޓް އެރެބް އެމިރޭޓް (ޔޫއޭއީ) އާއި މެދު އިރުމަތީގައި މަޝްހޫރު ސްނެކްސް ބްރޭންޑެއް ކަމުގައިވާ ކިޓްކޯ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯގެ ފަރާތުން ކިޓްކޯ އާ ބެހޭ މައުލޫމާތު ދެއްވަމުން ބްރޭންޑް މެނޭޖަރު ހަމްދޫން މިއަދު ވިދާޅުވީ ކިޓްކޯގެ ހަތަރު ރޭންޖްގެ 29 ވައްތަރެއް ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން ސުޕަމާޓުގައި ވިއްކާ ކިޓްކޯ އުފެއްދުންތަކުގެ ތެރޭގައި، ކިޓްކޯ ސްޓިކްސް، ކިޓްކޯ ކެޓެލްކުކްޑް ޗިޕްސް، ކިޓްކޯ ޕެންޑާ ހޫޕްސް އަދި ކިޓްކޯ ލައިޓް ޗީޒްބޯލްސް ހިމެނެ އެވެ.

ކިޓްކޯ ބްރޭންޑްގެ އުފެއްދުންތަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބެން ހުންނާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

ޔޫއޭއީ އާއި މެދުއިރުމަތީގައި މަޝްހޫރު ސްނެކްސް ބްރޭންޑެއް ކަމުގައިވާ ކިޓްކޯ މިހާރު އެސްޓީއޯއިން ލިބެން ހުންނާނެ -- ފޮޓޯ/ އެސްޓީއޯ

ހަމްދޫން ވިދާޅުވީ، މިހާރު ވެސް ވަރަށް ގިނަ ރީޓެއިލް ވިޔަފާރިތަކުން އެ ބްރޭންޑްގެ ތަކެތި ބައްލަވައިގަންނަމުން އަންނަ ކަމަށާއި މިހާރު މާލޭގެ ރީޓެއިލް ފިހާރަތަކުން ވެސް އެ ކިޓްކޯ ލިބެން ހުންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ބްރޭންޑް ރަސްމީކޮށް ތައާރަފް ކުރުން އަންނަ މަހު އެސްޓީއޯ އިން ރާއްޖޭގެ ވެސް ތަކެތި އުފައްދާ ފަރާތްތަކާ އެކު ސުޕަމާޓްގައި ބާއްވާ ޗިޕްސް އެންޑް ސްނެކްސް ފެސްޓްގައި ވަރަށް ކުލަގަދަ ގޮތެއްގައި އޮންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް