އެސްޓީއޯ އިން ގެސްޓް ހައުސްތަކަށް ޙާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ސްޓޯލް -- ފޮޓޯ/ އެސްޓީއޯ

ޕެރެޑައިސް އައިލަންޑް ރިސޯޓްގައި ކުރިއަށް ދިޔަ ދެވަނަ ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ގެސްޓްހައުސްތަކަށް ޙާއްސަ ޕެކޭޖްތަކެއް ތައާރަފް ކޮށްފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން މިއަދު ބުނީ، އެ ޕެކޭޖްތަކުގެ ތެރޭގައި ތިން ކޮޓަރި އާއި ހަ ކޮޓަރި އާއި އަދި ނުވަ ކޮޓަރިއަށް ބޭނުންވާ ސާމާނުގެ ހާއްސަ އަގުތަކެއް ހިމެނޭނެ ކަމަށެވެ. އެ ސާމާނުތަކުގެ ތެރޭގައި ޓީވީ، އޭސީ، ޝަވާ ހީޓާ، މިނީ ބާ އަދި މީގެ އިތުރުން ކުލަ ހިމެނޭ ކަމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަނަޓް އިން ބުންޏެވެ.

އެ ޕެކޭޖްތަކުގެ އިތުރުން ބަދިގެ އަށް ބޭނުންވާ ސާމާނު އަދި ގެސްޓްހައުސްތަކަށް ބޭނުންވާނެ އިތުރު ސާމާނުގެ ޕެކޭޖެއް ވެސް ހިމެނޭ ކަމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ބުންޏެވެ. އޭގެތެރޭގައި ހިމެނެނީ ރެފްރިޖަރޭޓާ، ގޭސް އުނދުން، ދޮންނަ މެޝިން، ވެކިއުމް ކްލީނާ، ޕަމްޕް، އަވަން އަދި އިތުރު ބަދިގެ ސާމާނެވެ.

ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖްތައް ބައްޓަންކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަވާ ކަމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަނަޓްއިން ބުންޏެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ބުނީ، އެ ޕެކޭޖްތަކުގެ މައިގަނޑު މަގްސަދަކީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އިން ލިބެންހުރި ސާމާނު ގެސްޓްހައުސްތަކަށް ހެޔޮތަގުތަކެއްގައި ފޯރުކޮށްދިނުމެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަނޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން، ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

comment ކޮމެންޓް