އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި ކަމަށް ބުނެފި

އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮންގް ހޯ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދޅާުވެފައި -- ފޮޓޯ: ރޮއިޓާސް

ނިއު ޔޯކް (ސެޕްޓެމްބަރު 26): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ރީ ޔޮންގް ހޯ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޔޮންގް ހޯ އެފަދައިން ވިދާޅުވީ އެމެރިކާގެ ބޮން އަޅާ ޖެޓުތައް އުތުރު ކޮރެއާގެ ބޯޑަރު ކައިރިން ދަތުރު ކުރިތާ ދެ ދުވަސް ފަހުންނެވެ. އެމެރިކާ އިން ބުނި ގޮތުގައި އެއީ އެގައުމުގެ ބާރާއި ހިތްވަރު ދައްކާލުމުގެ ގޮތުން ކުރި ކަމެކެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ހޮނިހިރު ދުވަހު ތަގުރީރު ކުރެއްވުމަށް ފަހު ނިއު ޔޯކުން ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޔޮންގް ހޯ ވިދާޅުވި ގޮތުގައި އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި މަންޒަރު މުޅި ދުނިޔެއަށް ވަނީ ފެނިފަ އެވެ. އެހެންކަމުން އެމެރިކާގެ ބޮން އަޅާ ޖެޓުތައް އުތުރު ކޮރެއާގެ ވައިގެ ސަރަހައްދަށް ނުވަތް ނަމަވެސް އެބޯޓުތައް ވައްޓާލުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށް ޔޮންގް ހޯ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާ ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ފަހުން އެ ދެ ގައުމުން ވަނީ ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އެގޮތުން ދެ ގައުމުގެ ލީޑަރުން ވަނީ އެކަކު އަނެކަކު 'މޮޔަ'އެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް