ހޮލިޑޭ ހޯމް ކޮންސެޕްޓަށް ބީޗް ގެސްޓް ހައުސް "ވެލި ވިލާ" ހުޅުވައިފި

ކ.ދިއްފުށީގައި ހޮލިޑޭ ހޯމް ކޮންސެޕްޓަށް ހަދާފައިވާ ބީޗް ގެސްޓް ހައުސް "ވެލި ވިލާ" -- ފޮޓޯ/ މޯލްޑިވްސް ގެޓަވޭސް

ކ. ދިއްފުށީގައި ހޮލިޑޭ ހޯމް ކޮންސެޕްޓަށް ތައްޔާރުކޮށްފައިވާ ބީޗް ގެސްޓް ހައުސްއެއް ކަމަށްވާ "ވެލި ވިލާ" ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދިޔަ ހޮނިހިރު ދުވަހު އޮތް ދިރާގު ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްއަށް ފަހުގައި އެ ކޮންފަރެންސްގެ ބައެއް ބައިވެރިންނާއެކު ކ. ދިއްފުށީގައި ވެލިވިލާ ހުޅުވައިދެއްވީ އެ ގެސްޓްހައުސްގެ ވެރިޔާ، ކުރީގެ ލަވަކިޔުންތެރިޔާ އަހުމަދު މިދުހަތު (މިއްޑެ)ގެ އަނބިކަނބަލުން އައިމިނަތު ޒީނާ ޒާހިރު އެވެ.

ލަގްޒަރީ ހަތަރު ކޮޓަރިއާއެކު ވެލިވިލާ ހަދާފައިވަނީ ބަގީޗާ އަކާއި، ރެސްޓޯރަންޓް، ކޮކްޓެއިލް އޭރިއާ، ސަންޑެކް އަދި އޭގެ އިތުރުން ޕްރައިވެޓް ބީޗަކާއިއެކުގައެވެ.

ކ.ދިއްފުށީގައި ހޮލިޑޭ ހޯމް ކޮންސެޕްޓަށް ހަދާފައިވާ ބީޗް ގެސްޓް ހައުސް "ވެލި ވިލާ" -- ފޮޓޯ/ މޯލްޑިވްސް ގެޓަވޭސް

ވެލިވިލާ ފަރުމަކޮށްފައިވަނީ އާއިލާ އާއި ރަހުމަތްތެރިން އެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށެވެ. އަމިއްލަ ގެއާ ދުރުގައި އުޅެލެވޭނެ ހިތް ފަސޭހަ ގެއެއްގެ ގޮތުގައެވެ.

ހިތްފަސޭހަ ކަމާއެކު ޗުއްޓީ ހޭދަ ކޮށްލެވޭނޭ ހުރިހާ ހިދުމަތާއެކު އިން ހައުސް ޝެފްގެ އިތުރުން ޓްރެއިން ކޮށްފައިވާ ސްޓާފުން ވެލިވިލާގައި މަސައްކަތް ކުރާނެއެވެ.

ވެލި ވިލާ ގެސްޓް ހައުސްއަކީ މިހާތަނަށް ރާއްޖޭގައި މިފަދަ ގޮތަކަށް އާއިލާ އާއި ރައްޓެހިން އެކުގައި އައިސް ޗުއްޓީ ހޭދަކޮށްލެވޭނެހެން ހުޅުވި ފުރަތަމަ ގެސްޓްހައުސް އެވެ.

comment ކޮމެންޓް