އިދިކޮޅު 12 މަޖިލިސް މެންބަރެއްގެ ޝަރީއަތް މާދަމަ އަށް ތާވަލްކޮށްފި

މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ 12 މަޖިލިސް މެމްބަރުން -- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

ބާރަ މެމްބަރުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އެވެ.

އެ ދައުވާ އުފުލާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ފުލުހުންގެ ސަފުތައް ފެޅި ކަމަށް ތުހުމަތުކޮށެވެ.

އެނގިފައިވާ ގޮތުގައި އެ 12 މެންބަރުންގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މާދަމާ 3:00 ޖަހާއިރަށެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަށް ޗިޓް ހަވާލުކޮށްފައިވާ އިރު އަނެއް ބައި މެންބަރުންނަށް ޗިޓް ހަވާލުކުރުމުގެ މަސަތްކަތް އަންނަނީ ކުރަމުންނެވެ.

އެ މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ މެމްބަރުންގެ ތެރެއިން ސައުދު ހުސައިނާއި މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން މުހައްމަދު އަމީތުގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލައިފަ އެވެ. އެއީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައާ ގުޅިގެންނެނެވެ.

comment ކޮމެންޓް