'އޭބީސީޑީ 3'ގައި ވެސް ވަރުން!

ރޭމޯ ޑިސޫޒާގެ ޑާންސް ފިލްމު ސީރީޒް، 'އޭބީސީޑީ'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ލީޑު އެކްޓަރެއްގެ ގޮތުގައި ފެނިގެން ދާނީ ވަރުން ދަވާން ކަމަށް ރޭމޯ ހާމަކޮށްފި އެވެ.

'އޭބީސީޑީ 3' އަށް ވަރުން ހަމަޖައްސާފައި ވާކަން ރޭމޯ ހާމަކުރީ އޭނާގެ ޑާންސް ރިއަލިޓީ ޝޯވ 'ޑާންސް ޕްލަސް' ގެ އެޕިސޯޑެއްގެ ތެރެއިންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި 'އޭބީސީޑީ 2'ގައި ވެސް ފެނިގެން ދިޔައީ ވަރުން އެވެ. ބޮކްސް އޮފީހުގައި ހިޓަކަށް ވެގެން ދިޔަ އެ ފިލްމުގައި ވަރުންއާ އެކު ލީޑު ރޯލުން ފެނިގެން ދިޔައީ ޝްރައްދާ ކަޕޫރު އެވެ.

'އޭބީސީޑީ 3' އަށް އަދި އަންހެން ލީޑު ހަމަޖައްސައިފަ އެއް ނުވެ އެވެ. ނަމަވެސް ރޭމޯ ވަނީ ވަރުން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމުގެ ޝޫޓިން ނިމުނުހާ އަވަހަށް، 'އޭބީސީޑީ 3' ގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.

ވަރުން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ޖުޅްވާ 2'ގެ ޕްރޮމޯޝަން މަސައްކަތް ކުރަމުންނެވެ. އެއަށް ފަހު ޝޫޖިތު ސިރްކާރުގެ 'އޮކްޓޯބަރު' އަދި ޔަޝް ރާޖް ފިލްމްސްގެ 'ސޫއީ ދާގާ: މޭޑް އިން އިންޑިއާ' ގެ މަސައްކަތް ފަށާނެ އެވެ.

comment ކޮމެންޓް