އަންނަ އަހަރު އޮސްކާ އަށް "ނިއުޓަން" ހުށައަޅަނީ

ފިލުމު "ނިއުޓަން"ގެ ޕޯސްޓަރު

އިންޑިއާ އިން އަންނަ އަހަރު ފިލުމް "ނިއުޓަން" އޮސްކާ އަށް ހުށައަޅަން ނިންމައިފި އެވެ.

އިއްޔެ ރިލީޒްކޮށްފައިވާ އެ ފިލުމް އަންނަ އަހަރު ބާއްވާ 90 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ވަނީ ހޮވިފަ އެވެ.

ފިލުމުގައި އެންމެ މުހިއްމު ރޯލު އަދާކޮށްފައިވާ ރާޖް ކުމާރު ރޯއީ ބުނީ ފިލުމް ޕްރޮމޯޓް ކުރުމުގައި އާމިރުހާންގެ 100 ޕަސެންޓް އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބޮތް ކަމަށާއި "ނިއުޓަން" 90 ވަނަ އޮސްކާ އެވޯޑަށް އިންޑިއާ އިން ހުށަހަޅާ ފިލްމަކަށް ހޮވާފައިވާކަން ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން ވަނީ މިހާރު ރަސްމީކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

"ވަރަށް އުފާވޭ އަސްލު ފިލުމް އޮސްކާ އަށް ހުށައަޅަން ލިބުމުން. ފަހުގެ ތާރީހުގައި ވެސް ފިލްމެއް އޮސްކާ އަށް ނޮމިނޭޓްވީ ވެސް މީގެ 16 އަހަރު ކުރިން. ފިލުމުގެ ހުރިހާ ކަމަކަށް އާމިރުގެ ފުލް ސަޕޯޓް ލިބޭ." އޭނާ ބުންޏެވެ.

އިންޑިއާގެ އެއްވެސް ފިލްމަކަށް މިހާތަނަކަށް އޮސްކާއެއް ލިބިފައި ނުވާއިރު "ނިއުޓަން" ފިލުމުގެ ޓީމުން ފިލުމަށް އޮސްކާ ލިބޭނެ ކަމަށް ވަރަށް ބޮޑު އުންމީދެއް ކުރެ އެވެ.

comment ކޮމެންޓް