ސީރިއާއަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް

ދިވެއްސަކު ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި --

ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފޮޝަލަކު ވިދާޅުވީ ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީ އިން ހައްޔަރުކޮށްގެން މާލެ ގެނައި ތިން ދިވެހިންގެ ބަންދަށް ކަރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ. ދިވެހި ފުލުހުންނާ ގުޅިގެން ތުރުކީ ސަލާމަތީ ބާރުތަކުން އެ ތިން ދިވެހިން ހައްޔަރުކުރީ ކޮން އިރަކު ކަމެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.

ދާދި ފަހުން ވަނީ މެލޭޝިއާގައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި 29 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށް ޓަކައި ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވަނީ މެލޭޝިއާއިން ދިވެހި ފުލުހުންނާއި ހަވާލުކޮށްފައެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމާއިގަ ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެކި ގޮތްގޮތަށް ވަނީ އެ ގައުމަށް އެތެރެވެފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު މަރުވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެއެވެ.

comment ކޮމެންޓް