އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި

ސިފައިން ހަތިޔާރާ އެކު: އެއާޕޯޓުގައި ސިފައިން ދަނީ ހަތިޔާރާ އެކު ހަރަކާތްތެރިވަމުން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެއާޕޯޓުގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރި ވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން އިތުރުވެފައިވާތީ، އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، ސަލާމަތީ ފިޔަވަޅު އެޅީ ޓެރަރިޒަމްގެ އެއްވެސް އިންޒާރެއް އަދި ނުރައްކަލެއް ވެސް އޮވެގެން ނޫން ކަމަށެވެ.

ހަތިޔާރާ އެކު އެއާޕޯޓުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، މިއަދުން ފެށިގެން އެއާޕޯޓުން ފުރާ މީހުންގެ ފޮށި ފަދަ ތަކެއްޗާއި ހަށިގަނޑު ފާސްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެކަންކަމަކީ، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް