ލީގުގެ އެއްވަނާގައި އޮވެ، ނިއު އިން ފުރަތަމަ ބުރު ނިންމާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ގދ. ތިނަދޫ ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ ބުރު، ތާވަލުގެ އެއްވަނާގައި އޮވެ ނިންމާލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ތިނަދޫގެ މައްޗަށް ނިއު އިން ކުރި ހޯދާފައިވަނީ 1-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ނަތީޖާއާއެކު ނިއު އިން ވަނީ ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެއީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. މާޒިޔާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މިއަދުގެ މެޗުން ބަލިވި ތިނަދުއަށް ތާވަލުގެ ފަސް ވަނަ ލިބެނީ 10 ޕޮއިންޓާއެކުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ފުރަތަމަ ހާފުގައި ނިއުއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ނިއު އިން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ނިއުއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެންހަލް ލުއިސްއެވެ. ތިނަދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ނުކުތް ބޯޅަ ޕެނަލްޓީ އޭރިޔާ ބޭރުން ލުއިސް ވަނީ ތިނަދޫ ގޯލުގެ ކަނާތް ފަރާތުގެ ތިރީ ކަނަށް ފޮނުވާލައިފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުގެ އެ ލަނޑަށްފަހު ތިނަދޫން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ހޯޒޭ ކައިސީޑޯ ވަނީ ލަނޑެއް ޖަހައި ތިނަދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ތިނަދުއަށް ލިބުނު ހިލޭ ޖެހުމަކުން ތިނަދޫގެ އަހުމަދު ނިޔާޒު ހުރަސްކޮށްލި ބޯޅަ، ކައިސީޑޯ ބޮލުން ގޯލަށް ފޮނުވާލީ ނިއުގެ ކީޕަރު އިމްރާން މުހައްމަދުގެ ބޯ މަތިންނެވެ.

އެ ލަނޑަށްފަހު ވެސް ތިނަދޫން ނިއުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް، ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ނިއު ރޭޑިއަންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ހާފު ފެށިގެން ނިއު އިން ކުޅުން ރަނގަޅު ކުރިއެވެ. މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގުމަށް މަސައްކަތް ކުރަމުންދިޔަ ނިއުއަށް އެކަން ކާމިޔާބުވާ ގޮތްވީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގަލާޑޯ ވަލްޑޭސްއެވެ. ތިނަދޫން ނަތީޖާ ހަމަހަަމަ ކުރަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 2-1 ލަނޑުގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫއެވެ.

comment ކޮމެންޓް