ކެންދޫ ފަރަށް އެރި ޓަގް ބޯޓް ފުންކޮށްފި

ކެންދޫ ފަރަށް އިއްޔެ އެރި ޓަގްބޯޓް --- ފޮޓޯ: ކައުންސިލް

ބ. ކެންދޫ ފަރަށް އެރި ޓަގް ބޯޓް ފުންކޮށްފި އެވެ.

އިއްޔެ ހެނދުނު އެ ބޯޓް ފަރަށް އެރީ ކެންދޫ ބަނދަރު ހެދުމަށް ބޭންނުން ކުރި އެކްސްކަވޭޓަރެއް ހިފައިގެން ނެރުން ނުކުންނަން އުޅުމުގެ ތެރޭގަ އެވެ.

ކެންދޫ ކައުންސިލްގެ މެންބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ އެ ޓަގް ބޯޓްގެ ފަޅުވެރިންނާއި ބަނދަރުގެ މަސަތްކަތުގައި އުޅުނު މީހުންގެ އެހީތެރިކަމާ އެކު ޓަގް ބޯޓް ފުން ކުރެވުނީ ރޭ ދަންވަރު 12:15 އެހާކަންހާއިރު ކަމަށެވެ. ޓަގް ބޯޓަށް ވެސް އަދި އެެކްސްކަވޭޓަރަށް ވެސް ގެއްލުން ނުވާ ކަމަށް ކެންދޫ ކައުންސިލުން ބުންޏެވެ.

އަބްދުއްރަހްމާން ވިދާޅުވީ ޓަގް ބޯޓް ފަރަށް އެރުމުގެ ސަބަބުން ފަރުގެ 5000 އަކަފޫޓްގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް