ކެންދޫ ބަނދަރު ހެދުމަށް ގެންދިޔަ އެކްސްކަވޭޓަރެއް ހިފައިގެން ދިޔަ ޓަގް ބޯޓް ފަރަށް އަރައިފި

ކެންދޫ ފަރަށް މިއަދު އެރި ބޯޓް --- ފޮޓޯ: ކައުންސިލް

ބ. ކެންދޫގައި ބަދަރުގެ މަސަތްކަތުގައި ބޭނުން ކުރަމުންދިޔަ ހައިމާކް ހިފައިގެން ދިޔަ ޓަގް ބޯޓް އެ ރަށު ފަރަށް އަރައި ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

ކެންދޫ ކައުންސިލްގެ މެމްބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ މިއަދު ހެނދުނު 10:00 ގައި އެ ހާދިސާ ހިނގީ ހައިމާކު އަރުވައިގެން ޓަގް ބޯޓް ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކަމަށާއި އަދި ވެސް ބޯޓު ފުން ނުކުރުވޭ ކަމަށެވެ.

"ވަރަށް ބޮޑަށް ވަނީ ފަރަށް އަރާފައި. ގާތްގަޑަކަށް ފަސްހާހަކަށް އަކަފޫޓް ހިމެނޭ ސަރަހައްދަކަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ،" އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ބޯޓް ފަރަށް އެރީ އޮއި ގަދަވުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އަދި ދިޔަވަރު ބޮޑު ވާވަރަކަށް ފުން ކުރުމުގެ މަސަތްކަތަށް ކުރިއެރުން ލިބެމުންދާ ކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ.

އެ ބޯޓް ފުން ކުރުމުގައި މަސަތްކަތް ކުރަނީ ބޯޓްގެ ފަޅުވެރިންނާއި ބަދަރު ހެދުމުގެ މަސަތްކަތުގައި ހަރަކާތްތެރިވި މީހުނެވެ.

comment ކޮމެންޓް