'ޕަދްމާވަތީ'ގެ ޕޯސްޓަރު ވަރަށް ފުރިހަމަ

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ'ގެ ފުރަތަމަ ދެ ޕޯސްޓަރު ދައްކާލައިފި އެވެ.

ދިގު އިންތިޒާރަަކަށް ފަހު ބެލުންތެރިންނާ ހަމައަށް ފިލްމުގެ ޕޯސްޓަރު އައިސްފައި ވާއިރު، ދެ ޕޯސްޓަރުގައި ވެސް ފެނިގެން ދަނީ ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން އެވެ.

ޕޯސްޓަރުތަކުގައ ރާނީ ޕަދްމާވަތީގެ ގޮތުގައި ދީޕިކާ ފެނިގެން ދަނީ ވަރަށް ފުރިހަމަ ކޮށެވެ. ވަރަށް ޝާހީ ކޮށެވެ. އަދި ދީޕިކާ ބޭނުންކޮށްފައިވާ ގަހަނާ ތަކާއި ހެދުމުން، ރާޖްޕުތުގެ ރާނީ ވަރަށް ރަނގަޅަށް ދައްކުވައިދެ އެވެ.

ޕޯސްޓަރު ދައްކާލުމާ އެކު ފިލްމު ރިލީޒް ކުރާނެ ތާރީޚު ވެސް މިވަނީ ޔަގީންވެފައެވެ. 'ޕަދްމާވަތީ' ސްކްރީން ތަކަށް އަންނާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

ސަންޖޭ ލީލާ ބަސްނާލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި ދީޕިކާގެ އިތުރުން ދެން ފެނިގެން ދާނީ ރަންވީރު ސިންގ އަދި ޝާހިދު ކަޕޫރެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

comment ކޮމެންޓް