ފުޓުބޯޅަ ކުޅުންތެރިންގެ ތައުޒިޔާ މެކްސިކޯއަށް

މެކްސިކޯގެ ފުޓްބޯޅަ ތަރި ހަވިއާ ހަނާންޑޭޒް: މެކްސިކޯއަށް އައި ބާރުގަދަ ބިންހުލުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާގެ މެސެޖުތައް ފޮނުވި ކުޅުންތެރިންގެ ތެރޭގައި ހެނާންޑޭޒް ހިމެނޭ --

ވޭތުވެދިޔަ 30 އަހަރު ތެރޭގައި މެކްސިކޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ފުޓުބޯޅަ ކުޅުންތެރިން އެ ގައުމައުޒިޔާގެ މެސެޖުތައް ފޮނުވަން ފަށައިފިއެވެ.

ޖުމްލަ 217އަށް ވުރެ ގިނަ މީހުން މަރުވި އެ ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މެކްސިކޯ ސިޓީގެ ސްކޫލެއްގައި ކިޔަވަމުންދިޔަ 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މެކްސިކޯ ސިޓީގެ މޭޔަރު ވިދާޅުވި ގޮތުގައި އެ ސިޓީން ވެއްޓުނު އިމާރާތްތަކުގެ ދަށުވި 60 މީހަކު ވަނީ މިހާތަނަށް ސަލާމަތްކޮށްފައެވެ.

މީހުން ސަލާމަތް ކުރާ ބާރުތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާއިރު، މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުޒިޔާގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިން ވެސް ހިމެނެއެވެ.

"މެކްސިކޯގައި ދިމާވި މި ހިތާމަވެރި ހާދިސާގެ އަޑު އިވުނީ ބޮޑު ޝޮކަކާއެކު، އަހަރެމެން އެބަޖެހޭ އެކަތިގަނޑަކަށްވެ އެކަކު އަނެކަކަށް ވީ ވަރަކުން އެހީވާން. މިއީ އެންމެން އެއްބައިވާންވީ ވަގުތު،" މެކްސިކޯގެ ފުޓުބޯޅަ ތަރި ހާވިއާ ހެނާންޑޭޒް ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މެކްސިކޯގެ ރައްޔިތުން ކެތްތެރިވުމަށް ގޮވާލައި، އެ މީހުންނަށް ހިތްވަރުދީ ޓުވީޓް ކޮށްފައެވެ.

ރޮނާލްޑޯގެ އިތުރުން މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ވެސް ވަނީ މެކްސިކޯއަށް ހަމްދަރުދީ ފާޅުކޮށް ޓުވީޓް ކޮށްފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، އެ ބިންހެލުން އައީ މެކްސިކޯ ސިޓީގެ 120 ކިލޯމީޓަރު ދުރުން، 51 ކިލޯމީޓަރު އަޑިއަށެވެ. އޭގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ އިރު، ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ކަރަންޓާއި މުއާސަލާތީ ހިދުމަތް ކެނޑިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

comment ކޮމެންޓް