ރޮހިންގާ މައްސަލާގައި އަވަސް ފިޔަވަޅު އަޅަން ރާއްޖޭން ގޮވާލައިފި

ރޮހިންގާ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ޔޫއެންގައި މިއަދު ބޭއްވު ކުއްލި ބައްދަލުވުން --- ފޮޓޯ/ ޓްވިޓަ

ރޮހިންގާގެ މުސްލިމުންނަށް މިޔަންމާގެ ސަރުކާރުން ކުރަމުން ދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ރޮހިންގާ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ޔޫއެންގައި މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އާސިމް ވިދާޅުވީ ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އަދި އެ އަނިޔާތައް ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އާސިމް ވަނީ ވިދާޅުވެފަ އެވެ.

ރޮހިންގާ މައްސަލާގައި އަވަސް ފިޔަވަޅު އަޅަން ރާއްޖޭން ގޮވާލާފައި މިވަނީ ގަތުލު އާންމުތަކާއި ލއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ މައްސަލާގައި އދ ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް