ހަމޭސްގެ ފިޓްނަސް ރަނގަޅު ކުރަން ޖެހޭ: އެންޗެލޯޓީ

ރޭގެ މެޗުގައި ހަމޭސް ރޮޑްރިގޭޒް ލަނޑު ޖެހުމަށް ފަހު--- ފޮޓޯ: އޭޕީ

ޝާލްކޭ އަތުން މޮޅުވި މެޗުގައި ހަމޭސް ރޮޑްރިގޭޒް ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށާއި ނަމަވެސް އޭނާގެ ފިޓްނަސް ރަނގަޅު ކުރަން ޖެހޭ ކަމަށް ބަޔާން މިޔުނިކްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ޖަރުމަން ބުންޑަސް ލީގާގައި ރޭ ޝަލްކޭއާ ކުޅެ ބަޔާން ވަނީ 0-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ. އެ މެޗުގައި ހަމޭސް ވަނީ ލަނޑެއް ޖަހައި އެސިސްޓެއް ވެސް ކޮށްފައެވެ. އެ މޮޅާއެކު ބަޔާން ވަނީ ލީގުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.

ލޯނު އުސޫލުގެ ދަށުން ރެއާލް މެޑްރިޑް އިން ބަޔާނަށް ބަދަލުވި ހަމޭސްގެ ކުޅުމަށް އެންޗެލޯޓީ ތައުރީފު ކޮށްފައިވާއިރު، ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް މުޅިން ފުލް ފިޓްނަސް އަށް އައިސްފައި ނުވާ ކަމަށް އެންޗެލޯޓީ ބުންޏެވެ.

"އޭނާގެ ކުޅުން ރަނގަޅު، އޭނާ ކުޅުނީ ޓީމާއެކު ޓީމަށް ޓަކައި ގުޅިގެން، އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނާގެ ފިޓްނަސް ރަނގަޅު ކުރަން އެބަޖެހޭ، އޭނާ ސަތޭކަ ޕަސެންޓު ފިޓެއް ނޫން،" އެންޗެލޯޓީ ބުންޏެވެ.

މެޗުގެ ފުރަތަމަ ލަނޑު ބަޔާން އަށް ކާމިޔަބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ރޮބާޓް ލެވަންޑޮވްސްކީ އެވެ. ދެވަނަ ލަނޑު ހެމޭސް ކާމިޔާބު ކޯށްދިން އިރު، ތިން ވަނަ ލަނޑު ޖަހައިދިނީ އާޓޫރޯ ވިޑާލް އެވެ.

comment ކޮމެންޓް