ސްނޯކްލިން އަށް ގޮސް ގެއްލިގެން ހޯދި ފަތުރުވެރިޔާ މަރުވެފައި އޮއްވައި ފެނިއްޖެ

ތުޑުފުށި: އެ ރިސޯޓުން ސްނޯ ކްލީނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އަންނަނީ ހޯދަމުން ---

އދ. ތުނޑުފުށީ ރިސޯޓުން ސްނޯކަލިންއަށް ގޮސް ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް "ސަން" އަށް ވިދާޅުވީ ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނުނީ 16:17 ގައި އޭނާ މޫދަށް އެރުނު ސަރަހައްދު ކައިރިންނެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:44 ގައި ކަމަށެވެ.

މަރުވި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ފިރިހެން ފަތުރުވެރިއެއްކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިއެވެ.

comment ކޮމެންޓް