އދ.ގެ އާއްމު މަޖިލީހުގެ މަތީ ފެންވަރުގެ މަޝްވަރާތައް ފަށައިފި

އދގެ އާއްމު މަޖިލީހުގެ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، މިނިސްޓާ އޮފް ޖެންޑާ އެން ފެމިލީ ޒެނީޝާ ޝަހީދް، މިނިސްޓާ އޮފް އެންވަޔަރޮމެންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް އަދި މިނިސްޓާ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

އދ.ގެ 72 ވަނަ އާއްމު މަޖިލީހުގެ މަތީ ފެންވަރުގެ މަޝްވަރާތައް މިއަދު ފަށައިފި އެވެ. އެބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ.

ޑރ. އާސިމްގެ އިތުރުން އެވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި މިނިސްޓާ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީ، މިނިސްޓާ އޮފް އެންވަޔަރޮމެންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް އަދި މިނިސްޓާ އޮފް ޖެންޑާ އެން ފެމިލީ ޒެނީޝާ ޝަހީދް ޒަކީ ހިމެނެ އެވެ.

މީގެ އިތުރުން، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، ބައިލެޓްރަލް ސެކްރެޓަރީ އަހުމަދު ޚަލީލް އަދި އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރުު ވެސް އެބައްދަލުވުމުގައި ރާއްޖެ ތަމްސީލުކޮށްދެއްވަ އެވެ.

ހަފްތާއަކަށް ދެމިގެންދާ އދ.ގެ އާއްމު މަޖިލީހުގެ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ރާއްޖޭގެ ވަފުދުން ބައިވެރިވާނެ ބަހުސްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި، ހައްދުފަހަނައެޅުމާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ކުރާ މަޝްވަރާތައް ހިމެނެ އެވެ.

comment ކޮމެންޓް