އެމްޓީސީސީ އިން އަލަށް ގެނައި ޓަގް ބޯޓާއި ބާޖް އިފްތިތާހް ކޮށްފި

އެމްޓީސީސީގެ ސީއީއޯ، އަލަށް ގެނައި ޓަގް ބޯޓާއި ބާޖް އިފްތިތާހް ކޮއްދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޓިސީސީގެ ލޮޖިސްޓިކް އޮޕަރޭޝަން އަށް އަލަށް ގެނައި ބާޖާއި ޓަގް ބޯޓް އިފްތިތާހް ކޮށްފިއެވެ.

މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓަގް ބޯޓާއި ބާޖް އިފްތިތާހް ކޮށްދެއްވީ، އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

އެމްޓީސީސީއަށް އަލަށް ގެނައި ބާޖާއި ޓަގް ބޯޓުގެ ޚިދުމަތް ފެށުމުން ރާއްޖޭގެ އެތެރޭގެ ލޮޖިސްޓިކްސް ޚިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

މިއަދު އަލަށް ޚިދުމަތްދޭން ފަށާ އުޅަނދުތަކުގެ ތެރެއިން "ޓެންގޯ 9" ގެ ނަމުން ނަންދީފައިވާ ޓަގްބޯޓަކީ މި އަހަރު ބަނދެފައިވާ 73 ފޫޓު ދިގު، 21 ފޫޓު ފުޅާ، 500 ހޯސްޕަވަރުގެ ދެ އިންޖީނުލި އުނޅަދެއްކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އަދި "ހިތަ" ގެ ނަމުން ނަންދީފައިވާ ބާޖަކީވެސް މި އަހަރުތެރޭގައި ބަނދެގެން ގެނައި 140 ފޫޓު ދިގު، 40 ފޫޓު ފުޅާ އަދި 1000 ޓަނުގެ މުދާ އުފުލޭ ބާޖެއްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަލަށް އެމްޓީސީސީއަށް ގެނައި ބާޖް "ޓެންގޯ 9" -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޓީސީސީގެ ލޮޖިސްޓިކަލް އޮޕަރޭޝަންތަކުގައި މިހާރުވެސް ހަ ޓަގު ބޯޓާއި ނުވަ ބާޖުގެ އިތުރުން ލޭންޑިން ކުރާފްޓެއް ބޭނުން ކުރަމުންދެއެވެ.

comment ކޮމެންޓް