''ބާޣީ2''ގެ ޝޫޓިން ނެގުމަށް ޓައިގާ ޝްރޯފްގެ ބޯ ބާލަން ޖެހިއްޖެ

ޓައިގާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ---

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ'ގެ ދެވަނަ ބައި، 'ބާޣީ 2'ގެ ޝޫޓިން ކުރިއަށް ގެންދުޔަމަށް ކުޅަދާނަ ފިލުމީ ބަތަލާ ޝްރޯފްގެ ބޯ ބާލަން ޖެހިއްޖެއެވެ.

ފިލުމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު މި ފަހަރު ފިލުމުކުޅެން ބޯ ބާލަން ޖެހެނީ އޭނާގެ ކެރެކްޓާގެ ސަބަބުން ކަމަށް ޓީމުން ބުންޏެވެ.

" ބޯބާލައިގެން އަދި ފިލުމެއް ނުކުޅެން. ވަރަށްތަފާތު އެކްސްޕީރިއެންސް އެއް މިއީ،" ޓައިގާ ބުންޏެވެ.

ފުރަތަމަ ފިލްމުގައި ޓައިގާ އަދި ޝްރައްދާ ކަޕޫރުގެ ފަރާތުން ރަނގަޅު އެކްޓިން އެއް ފެނިގެން ދިޔަ ނަމަވެސް ސާޖިދު ބޭނުންވީ ޖޯޑު ބަދަލު ކޮށްލާށެވެ. އޭނާ ބުނީ ޓައިގާ އާއި ދިޝާ ޕަޓާނީގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށާއި ދިޝާ އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށެވެ.

ބާޣީ'ގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. އޭނާ ފެނިގެންދާނީ ވެސް ސިފައިންގެ މީހެއްގެ ރޯލުންނެވެ. ފިލްމު ޑައިރެކްޓު ކުރަނީ ކޮރެއޮގްރާފަރު އަހްމަދު ޚާން އެވެ. ފިލްމުގެ ޕްރޮޑިއުސް ކުރަނީ ސާޖިދު ނާޑިއަޑްވާލާ އެވެ.

'ބާޣީ2" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް