ނަދީމް މަރާލި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް

ކެފޭއެއްގެ ތެރޭގައި ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 19، މަރާލި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެމައްސަލައިގެ ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ނަދީމަށް ހަމަލާދީފައި ވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކޮފީ ބޯން އިންދަ އެވެ. އޭނާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އެ މީހުން އޭނާގެ ގަޔަށާއި ބޮލަށް ވަޅި ހަރާފައިވެ އެވެ. ނަދީމް މަރުވެފައިވަނީ ހޭ ނާރާ ދެ ދުވަހު އޭޑީކޭ އައިސީޔޫގައި އޮތުމަށް ފަހުގައެވެ.

comment ކޮމެންޓް