ވަކީލުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަނީ

ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަން ނިންމައިފި އެވެ.

ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.

އެ ވަފްދު ރާއްޖެ އަންނަ ސަބަބެއް ކަމަށް ސުއޫދު ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ގާނޫނީ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ މައުލޫމާތު ހޯދުން ކަމަށެވެ.

ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަ ނިންމާފައި ވާއިރު މިހާރު ގާނޫނީ ވަކީލުން އިސްނަގައިގެން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން 91 ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

comment ކޮމެންޓް