ސަސްޕެންޑު ކުރި 13 ވަކީލަކަށް ހުއްދަ ދީފި

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅުއްވި ވަކީލުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި ގާނޫނީ ވަކީލުންގެ ތެރެއިން 13 ބޭފުޅަކަށް ހުއްދަދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ 13 ވަކީލުންގެ މައްސަލަ ބެލުމަށްފަހު އެ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކޮށްފައި އޮތްއޮތުން ނިކުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެ ވަކީލުންނަކީ:

  1. އަބްދުﷲ އަހުމަދު
  2. އަބްދުއްސަލާމް އާރިފް
  3. އަލީ ނަދީމް
  4. އަބްދުލްމާނިއު ހުސައިން
  5. އަބްދުﷲ ނަސީރު މުހައްމަދު
  6. އަހުމަދު ޝާން
  7. މުހައްމަދު ޝާހިދު
  8. މުހައްމަދު ފައްވާޒު
  9. އަނޫސާ މޫސާ
  10. ޚަދީޖާ ނައީމް
  11. ޒިމްނާ އަބްދުލް މުހުސިން
  12. އިބްރާހިމް ޝިޔާމް

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅުއްވި ވަކީލުންގެ ތެރެއިން ޖުމްލަ 54 ވަކީލަކު ސަސްޕެންޑުކުރިއެވެ. އޭގެތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލުމުން މިހާރު އެ މައްސަލާގައި ސަސްޕެންޝަންގައި ބާކީ ތިބީ 41 ވަކީލެކެވެ.

ތޭރަ ވަކީލެއްގެ ސަސްޕެންޝަން އުވާލާފައިވާއިރު، ރޭ އިތުރު 35 ވަކީލަކު ވަނީ ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

comment ކޮމެންޓް