ގިނަ ދުވަސްތަކަކަށް ފަހު ސޯނަމް އަނެއްކާ ވެސް ސްކްރީނަށް

ސޯނަމް ކަޕޫރު

ގިނަ ދުވަސްތަކަކަށް ފަހު ސޯނަމް އަނެއްކާ ވެސް ސްކްރީނުން ފެންނަން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.

ސޯނަމް އެންމެ ފަހުން ފެނިފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ބެލުންތެރިނަށް މަގްބޫލުވެގެން ދިޔަ ތައުރީފާއި ގިނަ އެވޯޑުތަކެއް ލިބުނު 'ނީރްޖާ' އިންނެވެ. އެ ފިލުމަށް ފަހު ސޯނަމް ވަނީ އެއް އަހަރު ދުވަހުގެ ޗުއްޓީއެއް ނަގައިފަ އެވެ. ނަމަވެސް އޭނާ ފިލްމީ މަސައްކަތާ މުޅިން ދުރުވީއެއް ނޫނެވެ.

ދަތު ބައޮޕިކްގެ ޝޫޓިންއެއް ނިއު ޔޯކްގައި ފުރިހަމަކޮށް އޭގެ ކުރިން އަކްޝޭ ކުމާރާއި "ޕެޑްމޭން"ގެ ޝޫޓިންގައި ވެސް ބައިވެރިވި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިހާރު "ވީރޭ ދީ ވެޑިން"ގެ ޝޫޓިން ފަށާފައި ކަމަށެވެ. އޭނާ ވަނީ އަހަރެއްހާ ދުވަހު ޗުއްޓީ ހޭދަކޮށްލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އެނބުރި މަސައްކަތާއިގެން ކުރިއަށް ދާން ފަށައިފަ އެވެ.

"މީހާ މުޅިން ތާޒާކޮށް މިހުރީ. ދުވަސްގަނޑަކަށް ފަހު ފިލުމަކާގެން މިއުޅެނީ. ވަރަށް ފްރެޝް ސްޓާޓް އަކަށް ވާނެ. ތިން ފިލުމެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް މިދަނީ. ވަރަށް ބިޒީ އަހަރަކަށް މި އަހަރު ވެސް މިއަންނަ އަހަރު ވެސް ވެގެންދާނެ." ސޯނަމް ބުންޏެވެ.

comment ކޮމެންޓް