"އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު-- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ލޯނަށް އެދި ހުށައަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. ފޯމު ފުރުމަށް ފަހު ފޯމް ބަލައިގަތުން އެ މިނިސްޓްރީގެ އިތުރުރުން އެ މިނިސްޓްރީން ހުޅުވާފައިވާ ބިޒްނަސް ސެންޓަރުތަކުން ވެސް ބަލައިގަންނާނެ ވާހަކަ އެ މިނިސްޓްރީ އިން ބުންނެވެ. މީގެ އިތުރުން [email protected] އަށް ވެސް ފޯމުތަށް ހުށައެޅޭނެ ވާހަކަ އެ މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސް ލައްކަ ރުފިޔާ، ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް