އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ގައި ދިރާގުން ބައިވެރިވެއްޖެ

އިންޓަރނެޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސަރަހައްދު ސާފު ކުރުން --

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސަރަހައްދު ސާފު ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެއްޖެއެވެ.

ދިރާގުން ބުނީ މި ހަރަކާތް ކުރިއަށްގެންދިޔުމުގައި ބީލީފްގެ ނަމުގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ، ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނުންނާއި ޕާލޭ މޯލްޑިވްސް އާއި ކައުންސިލް އަދި މީގެ އިތުރުން ސްކޫލް ކުދިންނާއި ވޮލަންޓިޔަރުން ބައިވެރިވި ކަމަށެވެ.

އިންޓަރނެޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސަރަހައްދު ސާފު ކުރުން --

މި ޕްރޮގަރާމަކީވެސް "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ދިރާގުން ބުންޏެވެ.

"ފޯ ދި އޯޝަންސް" އަކީ ޕާލޭ މޯލްޑިވްސް އާ އެކު ފަށާފައިވާ ކެމެޕެއިންއެކެވެ. ދިރާގުން ވަނީ "ފޯ ދި އޯޝަންސް"ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ކުރުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއަޅާފެއެވެ.

އިންޓަރނެޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސަރަހައްދު ސާފު ކުރުން --

ދިރާގުން ބުނީ މިކެމްޕެއިންގެ ދަށުން ދިރާގު މުވައްޒަފުން، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފެންފުޅި އޮފީހުގައި ބޭނުން ކުރުން ހުއްޓާލައި، އޮފީހުގައި ވޯޓަރ ޑިސްޕެންސަރ ބޭނުންކުރުމަށްވެސް ފަށައިފަވާ ކަމަށެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް