އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޠާރިޤު ނިއުޔޯކަށް

މިނިސްޓަރު ތާރިގް އަދި އިސްވެރިން

އ.ދގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަފުދުގެ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

މޮންޓްރިއަލްގައި ބޭއްވޭ މިނިސްޓީރިއަލް މީޓިންގ އޮން ކްލައިމެޓް އެކްޝަން އަކީ މިއަހަރު ނޮވެމްބަރުމަހު އޮންނަ މޫސުމާ ބެހޭ މުއާހަދާގެ މައި ބައްދަލުވުން (ކޮންފަރަންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަންއޮން ކްލައިމެޓް ޗޭންޖް) އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މި ވަޒީރުންގެ ބައްދަލުވުމުގައި މިއަހަރުގެ ކޮންފަރެންސް އޮފް ދަ ޕާޓީގެ ބައްދަލުވުމުގައި ނިންމަން ބޭނުންވާ ކަންތައްތަކާއި މެދު މަޝްވަރާ ކުރެވިގެންދާނެއެވެ.

އޭގެ އިތުރުން އެ ޖަލްސާގެ ހަވާސާގައި ބާއްވާ "ކްލައިމެޓް ވީކް" ގައި މިނިސްޓަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެސެމްބްލީގައި ބައިވެރިވާ ކުދި ޖަޒީރާ ޤައުމުތަކުގެ އިސް މަންދޫބުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ރާއްޖެއިން އިސްނަގައިގެން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިނީޝައޭޓިވް ފޯރ ރިނިއުބަލް އައިލެންޑް އެނަރޖީ" އާއި މެދު މަޝްވަރާ ކުރުންތަކުގެ ވެސް މިނިސްޓަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެސެމްބްލީގައި ބައިވެރިވުމުގެ ކުރިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކެނެޑާގެ މޮންޓްރިއަލްގައި ބޭއްވޭ ވަޒީރުންގެ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް