ފިލުމީ ދާއިރާއަށް އެއްވެސް ވަރެއްގެ އިހުތިރާމެއް ނުކުރަން: ކަންގަނާ

ކަންގަނާ ރަނައުތު

ބޮލީވުޑް، މިދާއިރާއަށް މިހާރު އެއްވެސް ވަރަކަށް އިހުތިރާމް ނުކުރާ ކަމަށް ކަންގަނާ ރަނައުތު ބުނެފިއެވެ.

ކަންގަނާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އަންހެން ބަތަލާ އޭ ބުންޏަސް ދޮގަގަށް ނުވާނެއެވެ. ދާދި ފަހުން ގަންގަނާ ބުނީ ހިތްހަމަ ނުޖެހޭ ނޫނީ ރުޅިއަންނަ ވަރު ކަމެއް ދިމާވުމުން ނުބުނެ ފިއްތާލައިގެން ހުރުމަކީ އޭނާގެ ސިފައެއް ނޫންކަމަށެވެ.

"ބޭނުން ކޮންމެ އެއްޗެއް ބުނެވެން ވާނެ. ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަ ނުދައްކާ ސިއްރުކޮށްގެން ހުރުމަކީ ވާނެ ކަމެއް ނޫން. ލިބޭ ކުރިއެރުމެއްވެސް ނޫން. މިކަންތައްތަކަށް ވާހަކަ ދެކެވެން ޖެހޭނެ،" ކަންގަނާ ބުންޏެވެ.

އޭނާ ބުނީ އޭނާ ދައްކާ ވާހަކަ ތަކާ މެދު ބެލުންތެރިން ހިތްހަމަ ނުޖެހޭ ކަމުގައި ވާނަމަ ފިލުމީ ދާއިރާ އެއްކޮށް ދޫކޮށްލަންވެސް އެއީ އޭނާއަށް މައްސަލައެއް ނޫންކަމަށެވެ. މިއަދު އޭނާގެ އެކްޓިންގ ކެރިއަރު ނިމުމަކަށް އައި ނަމަވެސް ގެއްލޭނެ އެއްޗެއް ނެތް ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާ ބޮލީވުޑަށް ތައާރަފުވީ 2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގޭންގްސްޓާ' އިންނެވެ. 10 އަހަރަށް ވުރެ ދިގު ކެރިއަރުގައި ކަންގަނާ ވަނީ މިހާތަނަށް ގިނަ އެވޯޑުތަކެއް ހޯދައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ ގައުމީ އިނާމު ތިން ފަހަރު ހޯދައިފައެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހަންސަލް މެހެތާގެ ފިލްމު 'ސިމްރަން' ވަނީ އިއްޔެ ރިލީޒްކޮށްފައެވެ.

comment ކޮމެންޓް