އެމްޕީއެލްގެ 31 ވަނަ އަހަރީދުވަހުގެ ކޭކް ފެޅުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އެމްޕީއެލްގެ 31 ވަނަ އަހަރީދުވަހުގެ ކޭކް ފެޅުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 31 ވަނަ އަހަރީދުވަހުގެ ކޭކް ފެޅުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އެމްޕީއެލްގެ ބޭރުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް އެވެ. އެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ކޭކް ފެޅުމުގައި ހަލީމް އާއެކު އެމްޕީއެލްގެ ސްޓާފުންވެސް ވަނީ ބައިވެރިވެފައެވެ.

އެމްޕީއެލް ގެ 31 ވަނަ އަހަރީދުވަހުގެ ކޭކް ފެޅުން --

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ އޭސީއީއޯ ރާބިހް މުހައްމަދު ވިދާޅުވީ، އެމްޕީއެލްގެ މަސައްކަތް އެންމެ ފުރިހަމަކޮށް އެންމެ ރަނގަޅަށް ކުރިޔަށްގޮސްފައިވަނީ ރައީސް ޔާމީންގެ މި ވެރިކަމުގެ ދުވަސްވަރުގައި ކަމަށެވެ.

އެމްޕީއެލް ގެ 31 ވަނަ އަހަރީދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު --

ރާބިހް ވަނީ އެމްޕީއެލްއަށް 31 އަހަރު ފުރުމުގެ މުބާރަކް ބާދީ ހުރިހާ މުވައްޒަފުންނަށް އަދާކޮށްފައެވެ.

comment ކޮމެންޓް