Sun Online
ގޫގުލްގެ އާ ލޯގޯ -- ފޮޓޯ: ބީބީސީ
ގޫގުލްގެ އާ ލޯގޯ -- ފޮޓޯ: ބީބީސީ

ތިން އަންހެނަކު ގޫގުލް ގޮވައިގެން ކޯޓަށް!

ޖަޒްލާން މުހައްމަދު
ލިޔުނީޖަޒްލާން މުހައްމަދު

ގޫގުލްގައި މަސައްކަތް ކޮށްފައިވާ ތިން އަންހެހުން އެ ކުންފުނި ގޮވައިގެން ކޯޓަށްދާން ނިންމައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ގޫގުލް ގޮވައިގެން ކޯޓަށްދާން ނިންމީ ގޫގުލް އިން ޖިންސީ ތަފާތު ކުރުން ބޮޑުކަމަށް ބުނެއެވެ. ގޫގުލް ގޮވައިގެން ކޯޓަށް ދިއުމަށް ފައިލް ކުރި މައްސަލައިގައި ވާގޮތުން ގޫގުލްގައި މަސައްކަތް ކުރާ އަންހެނުންގެ ކިބައިގައި ފިރިހެނުންނާ އެއް ފެންވަރެއްގެ ތައުލީމާ ތަޖުރިބާ ހުރިކަމުގައި ވިޔަސް އަންހެނުންނަށް ދޭ މުސާރައާއި އެހެނިހެން އިނާތްޔަތައް ފިރިހެނުނަށްވުރެ ދަށްކަމަށް ވެއެވެ.

ގޫގުލްގެ ކުރީގެ ސޮފްޓްވެއާ އިންޖިނިއާރ އަދި ގޫގުލްގެ މައްސަލަ ފައިލްކުރި އެއް ފަރާތްކަމުގައިވާ ކެލީ އެލިސް ކުރި ޓްވީޓެއްގައި ބުނަނީ، ގޫގުލްގެ މައްސަލަ ފައިލްކުރިީ ގޫގުލްގެ އިތުރުން އެހެން ކުންފުނިތަކުންވެސް އެންމެންނަށް ހަމަ ހަމަކޮށް ކަންތަށް ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ގޫގުލްގެ ކުރީގެ ސޮފްޓްވެއާ އިންޖިނިއާރ އަދި ގޫގުލްގެ މައްސަލަ ފައިލްކުރި އެއް ފަރާތްކަމުގައިވާ ކެލީ އެލިސް ކުރި ޓްވީޓް--

މީގެ ކުރިންވެސް ގޫގުލްގައި ޖިންސީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ، ގޫގުލްގައި މަސައްކަތް ކުރަމުން ދިޔަ ފަރާތެއް ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެ ބަޔާން ނެރުމުން ގޫގުލްއިންވަނީ އޭނާ ވަޒީފާއިން ވަކި ކޮށްފައެވެ.

infinity loading...
×
DB released 01.