ސަލްމާނު ފުރަތަމަ ފަހަރަށް ދީޕިކާ އާ އެކީ ފިލުމެއް ކުޅެނީ!

ސަލްމާނާއި އެކީ ދީޕިކާ ނަށަނީ

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ސަލްމާން ޚާންގެ ކާމިޔާބު ފިލްމު، 'ކިކް'ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

"ކިކް"ގެ ފުރަތަމަ ބައިގައި ސަލްމާން އާ އެކީ ޖެކްލީން ފާނަންޑޭޒް ހަރަކާތްތެރިވީ ނަމަވެސް މި ފަހަރުގެ ފިލުމަށް ބޮޑަށް އިސްކަންދިނީ ސަލްމާނާ އެކީ އަދި ފިލުމެއް ނުކުޅޭ ބަތަލާ އަކަށެވެ. އެގޮތުން ފިލްމު ޕްރޮޑިއުސަރުންގެ ވިސްނުން ހުރީ ދީޕިކާ ޕަދުކޯން އަށް ފިލްމު ދިނުމަށެވެ.

ދީޕިކާ އަކީ ހަމަ ގައިމުވެސް މިވަގުތު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ހުނަރުގެ މޮޅުކަމުގެ ވާހަކަ އެންމެވެސް ދައްކައެވެ. ދީޕިކާ މިހަރު ވެފައިވަނީ ވެސް ގިނަ ބައެއްގެ ފޭވަރިޓަކަށެވެ.

ސަލްމާން މި ވަގުތު އުޅެނީ "ޓައިގާ ޒިންދާ ހޭ" ނިންމުމުގެ މަސައްކަތުގައެވެ. ފިލުމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރު "ކިކް 2"ގެ ޝޫޓިން ފެށުމަށް ހަމަ ޖެހިފައިވާ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

އަންނަ އަހަރު "ކިކް 2"ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވާއިރު މިފިލްމަކީ ދީޕިކާ އާއި ސަލްމާންގެ ޖޯޑު ފުރަތަމަ ފަހަރަަށް ބޮޑު ސްކްރީނުން ބަލާލަން ލިބޭނެ ފުރަތަމަ ފަހަރުވެސް މެއެވެ.

comment ކޮމެންޓް