ހާޓް-އެޓޭކެއް ޖެހުމުގެ ކުރިން މި އަލާމާތްތައް ތިބާގެ ގައިން ފެނިގެން ދާނެ

ގިނަ މީހުން މިއަދު އެންމެ ގިނައިން ތަހައްމަލު ކުރަމުންދާ އެއް ކަމަކީ ހާޓް އެޓޭކް ޖެހުމެވެ.

ހާޓް އެޓޭކް އަކީ އޭގެ ޒާތުގަ ތިބާ އަށާ ތިބާގެ ހަށިގަނޑަށް ވޭން ދޭ ކަމަކަށް ވާއިރު ތިބާ މުޅިން ނިކަމެތި ކޮށްލާ ކަމެލެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ހާޓް އެޓޭކް އެއް ޖެހުމުގެ ކުރިން އެ ޖެހޭ ކަމުގެ އަލާމާތްތައް ތިބާގެ ގައިން ފެނިގެންދާނެއެވެ. ފަރުވާކުޑަކޮށްލެވެނީ ހަމަ ތިބާ އަށެވެ.

ހާޓް އެޓޭކް އެއް ޖެހުމުގެ ކުރިން ރަގަޅަށް ހުރެފަ ކުއްލިއަކަށް ބޯ އަނބުރާ ހޮޑުލަވަން ފަށާނެއެވެ. މީގެ ކުރިން އެހެން ނުވެ ފަހަކަށް އައިސް މި އަލާމާތް ތިބާގެ ގައިން ފެންނަނީނަމަ ފަހަރުގަ އެ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ނޭވާކުރުވުމަކީ އެކަން ދިމާވުމުގެ ކުރިން ވެދާނެ ކަމެކެވެ. ވާހަކަ ދައްކަ ދައްކާ ހުރެފަ ނޭވާ ކުރުވާން ފަށާހެއްޔެވެ؟ ނިދާފަ އޮއްވާ ނޭވާ ހާސްވެގެން ހޭލެވޭ ހެއްޔެވެ؟ އަވަސް އަވަހަށް ކުރުކުރު ނޭވާ ލެވޭދޯއެވެ؟ މިއީ ވެސް ހާޓް އެޓޭކް ޖެހުމުގެން ކުރިން ތިބާއަށް ދިމާވެދާނެ ކަމެކެވެ.

ރަގަޅަށް ނުނިދުމަކީ ވެސް މިކަމުގެ އަލާމާތެކެވެ. ނިދި ހަމަނުވެ އަބަދު ބޮލަށް ބަރުވެފަ ހުރުން މާ ރަގަޅެއް ނޫނެވެ. އަވަސް އަވަހަށް ހޭލެވި ނިދިން ތެދުވުމުން ވެސް ބޮލުގެ އެއްފަޅީގަ ރިއްސާފަ ހުރުމަކީ ނުރައްކާތެރިކަމެވެ.

އެ ކަމަކީ މީހުންނަށް ގެއްލުން ލިބިގެންދާ ކަމަކަށް ވާއިރު މި އަލާމާތްތައް ފެންނަކަމުގަ ވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. އޭރުން ތިބާގެ މުސްތަގްބަލް އަނދަވަޅަކަށް ނުވެއްޓި ސަލާމަތް ވެސް ވެދާނެއެވެ.

comment ކޮމެންޓް