ޕޮގްބާ އެއް މަސް ދުވަހަށް ކުޅުމާ ދުރަށް

ޕޮގްބާ އަނިޔާގެ ސަބަބުން ދަނޑުން ފައިބަނީ---

ޗެމްޕިއަންސް ލީގުގައި ބާސެލް އާ ދެކޮޅަސް ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެއް މަސްދުވަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބާސެލްގެ މައްޗަށް 0-3 އިން ކުރި ހޯދި މި މެޗުގެ ކެޕްޓަން ކަން ވެސް ކުރި ޕޮގްބާ ވަނީ އަނިޔާގެ ސަބަބުން މެޗުގެ ވަރަށް ކުރީ ކޮޅު ދަނޑުން ބާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އަނިޔާގެ ސަބަބުން މަދުވެގެން، އެއްމަސްދުވަހަށް ޕޮގްބާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. ނަމަވެސް ޔުނައިޓެޑުން އަދި މިކަން ކަށަވަރުކޮށެއް ނުދެއެވެ.

ޕޮގްބާއަށް އެއްމަސް ދުވަހު ނުކުޅެވޭނަމަ، ލީގުގައި އެވަޓަން އާއި ކްރިސްޓަލް ޕެލެސް އާއި ސައުތްހެމްޓަން އާއި އިނގިރޭސި ލީގު ކަޕްގައި ބާޓަން އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުގައި ޕޮގްބާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ވޯލްޑްކަޕް ކޮލިފިކޭޝަންގައި ފްރާންސުން ބަލްގޭރިއާ އާއި ބެލަރޫސްއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވެސް ޕޮގްބާއަށް ނުކުޅެވޭނެއެވެ.

ޕޮގްބާ ވަނީ މިހާތަނަށް މި ސީޒަނުގައި ދެ ގޯލު ޖަހާފައެވެ. އަދި އޭނާ ދަނީ މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ.

comment ކޮމެންޓް