ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާދޭޝްގެ ދަރިފުޅު ވެސް ބޮލީވުޑަށް!

އަވިތޭޝް

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާދޭޝް ޝްރިވަސްތާވްގެ ދަރިފުޅު ވެސް ބޮލީވުޑަށް ނުކުންނަށް އުޅޭ ހަބަރުތައް ފެތުރިއްޖެއެވެ.

ރެމޯ ޑިސޫޒާގެ ފިލުމަކުން އަވިތޭޝް ޝްރިވަސްތާވް ވަރަށް އަވަހަށް ފެންނާނެ ކަމަށާ އަވިތޭޝް އަކީ ކުޅަދާނަ ތަރިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަވިތޭޝް ބޮލީވުޑަށް ނެރެނީ އަހަރެން. ފިލުމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނަން. އޭނާގެ ކުޅަދާނަ ކަން ބެލުންތެރިންނަށް ފެނިގެންދާނެ. ވަރަށް ހުނަރުވެރި ކުއްޖެއް އެއީ،" ރެމޯ ބުންޏެވެ.

އަވިތޭޝްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒާ އާދޭޝް ޝްރިވާސްތާ ވަނީ 2015 ވަނަ އަހަރު ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

އޭނާ ވަނީ މަރުވިއިރު ސަތޭކައަށް ވުރެން ގިނަ ހިންދީ ފިލްމުތަކަށް ލަވަ ތައްޔާރުކޮށްދީފައެވެ.

ްުއުމުރުން 21 އަހަރުގެ އަވިތޭޝް މިހާރު ދަނީ އަންނަ އަހަރު ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާ ފިލުމަށް އެކްޓިން އާއި ނެށުމުގެ ތަމްރީނުތަކެއް ހަދަމުންނެވެ. ފިލުމާ ެބެހޭ އިތުރު ތަފްސީލެއް ރެމޯ ބުނެފައިނުވާ އިރު އަވިތޭޝް ވަނީ ޓޯކް ޝޯ، "އާޖް ކީ ރާތް ހޭ ޒިންދަގީ"ގެ ޓައިޓަލް ލަވައިގެ މިއުޒިކް ކޮމްޕޯޒްކޮށްދީފައެވެ.
comment ކޮމެންޓް