އަންނަ އަހަރު ނެރުމަށް މަސައްކަތް ފަށާފައިވާ ބޮލީވުޑް ފިލްމު "ރޭސް 3"އިން ސިދާރްތަށް އަދި ރޯލެއް ހަމަ ނުޖެހޭކަމަށް ފިލުމުގެ ޑައިރެކްޓަރު ރެމޯ ޑިސޫޒާ ބުނެފިއެވެ.
ބައެއް ރިޕޯޓް ތަކުގަ ވަނީ ސިދާރްތު އެފިލްމުގައި ރޯލެއް ކުޅޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ރޭމޯ ބުނީ ސަލްމާން ނޫން އެހެން އެއްވެސް އެކްޓަރެއް ފިލްމަށް ފައިނަލް ނުވާ ކަމަށެވެ.
'ރޭސް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުއެވެ. ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފްއެވެ.
އެހެން ނަމަވެސް 'ރޭސް 3'ގައި ސައިފްގެ ބަދަލުގައި ފެނިގެން ދާނީ ސަލްމާން ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ރޭސް3" ޝޫޓިން ނަގަނީ މުޅިންވެން ވެސް އިންޑިޔާ އިން ބޭރުގެ ތަންތަނުގައެވެ. ރޭމޯ ބުނީ ފިލްމުގެ ޝޫޓިން ނޮވެމްބަރު މަހު ފަށަން ހަމަޖެހިފައިވާ ކަމަށާއި ފިލުމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުޑަ އީދަށް ކަމަށެވެ.
"ރޭސް 3" ޕްރޮޑިއުސް ކުރަން ހަމަޖެހިފަިވަނީ ރަމޭޝް ޓޯރާނީ އެވެ. ސައިފް އަލީ ޚާންގެ ބަދަލުގަ ސަލްމާނު ފިލުމުން ފެނިގެންދާއިރު ސަލްމާނު ފިލުމުގައި އަދާ ކުރަނީ ވިލަން އެއްގެ ބައެވެ.