އިސްރާއިލުން ދެން ކުރާ ހަނގުރާމަ ވަރަށް ތަފާތުވާނެ: އިސްރާއިލުގެ ރައީސް

2006 ވަނަ އަހަރު އިސްރާިއލުން ލުބްނާނާ ދެކޮލަށް ކުރި ހަނގުރާމައިގައި ބައްޕައަކު އޭނާގެ މަރުވެފައިވާ ދަރިފުޅާއެކު---

އިސްރާއިލުން ދެން ކުރާ ހަނގުރާމަ ވަރަށް ތަފާތު ވާނެ ކަމަށް އިސްރާއިލުގެ ރައީސް ރޫވެން ރިވްލެން ވިދާޅުވެއްޖެ އެވެ.

"އިސްރާއިލުން ދެން ކުރާ ހަނގުރާމަ ކުރިން ކޮށްފައިވާ ހަނގުރާމަތަކަށް ވުރެ ވަރަށް ބޮޑަށް ތަފާތުވާނެ. އެކަން އެނގޭނެ އިސްރާއިލުގެ ސިފައިން މިހާރު ކުރިއަށް ގެންދާ ފަރިތަކުރުންތަކުން ވެސް ކިހާވަރަކަށް އަހަރެމެން ތައްޔާރުވެފައި ތިބިކަން،" އިސްރާއިލުގެ އުތުރުގައި ބޭއްވި އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ރޫވެން ވިދާޅުވި އެެވެ.

އިސްރާއިލުގެ ރައީސް ރޫވެން ރިވްލެން

އިސްރާއިލުން އެންމެ ފަހުން ވަރުގަދަ ހަނގުރާމައެއް ކޮށްފައި ވަނީ 2006 ވަނަ އަހަރު ލުބްނާނުގެ ހިޒްބުއްލާ ޖަމާއަތާ ދެކޮޅަށެވެ. ތިރީސް ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ އެ ހަނުގރާމާގައި އިސްރާއިލުން ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލެއް ނުކުރެވުނެވެ. އަދި އެހަނގުރާމާގައި އިސްރާއިލު ބަލިވިއިރު ހިޒްބުއްލާ ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަަމުންނެެވެ.

އިސްރާއިލުން ހަނގުޜާމައަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ދާއިރު ހިޒްބުއްލާ އިން ވެސް ހަނގުރާމައަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެނެވެ. ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާ ވަނީ ދެން ކުރާ ހަނގުރާމައެއްގައި އިސްރާއިލުގެ އެންމެ އެތެރެއަށް ހަނގުރާމަ ގެންދާނެ ކަމަށް ވަނީ ވައްދުވެވަޑައިގެންފަ އެވެ.

ސީރިއާ ހަނގުރާމައިގައި ވެސް ހިޒްބުއްލާއިން ވަނީ ބައިވެރިވެފަ އެވެ. މިއީ ހިޒްބުއްލާގެ ހަނގުރާމަވެރިން އަސްކަރީ ވަރުގަދަ ތަމްރީންތަކެއް ހެދުމަށް ލިބުނު ވަރުގަދަ ފުރުސަތެއް ކަމަށް ގިނަ މާހިރުން އެއްބަސްވެ އެވެ. އެ ހަނގުރާމާގައި ގިނަ ސިފައިން ފޮނުވުމުގެ ބަދަލުގައި ބައިވެރިކޮށްފައި ވަނީ ވަރަށް މަދު ސިފައިންނެވެ. ނަމަވެސް ހަނގުރާމައިގައި ގެންގުޅޭނެ އުކުޅުތަކާ ލޮޖިސްޓިކަށް ސަޕޯޓް ވަނީ ސީރިއާގެ ސިފައިންނަށް ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް