Sun Online
އެމްޕީއެލް ސަރަހައްދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމްޕީއެލް ސަރަހައްދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމްޕީއެލް

ސައިކަލުތަކެއް ވަގަށް ބޭރު ކުރި މައްސަލައިގައި އެމްޕީއެލްގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

ރާއްޖެ އެތެރެކުރި ރޭސިން ސައިކަލުތަކެއް މާލޭ ވިޔަފާރި ބަނދަރަށް ބޭލުމަށްފަހު އެ ސައިކަލުތައް ވަގަށް ބޭރުކުރި މައްސަލާގައި އެމްޕީއެލްގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މާލޭ ވިޔަފާރި ބަނދަރަށް ރޭސިން ސައިކަލުތަކެއް ބޭލުމަށްފަހު ބޭރުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ހަތަރު މީހަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން ސައިކަލުތައް ބޭރުކުރި މައްސަލައާ ގުޅިގެން ހަތް މީހަކަށް އިންޒާރުދީ އެކަކުގެ މަގާމު ދަށްކޮށްފައިވާ ކަމަށެވެ. ހަތަރު މީހުން ވަކިކޮށްފައިވަނީ، އެކަމުގައި އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަކުރެވޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހަތަރު މީހުން ވަކިކުރަން ނިންމީ އެމައްސަލައާ ގުޅިގެން އެކުލަވައިލި ކޮމިޓީން ކަމަށެވެ. އެމްޕީއެލް އިން ތަހުގީގެއް ކުރިއަށް ގެންދިޔަ އިރު، ފުލުހުންވެސް އެ މައްސަލަ ތަހުގީގު ކުރި އެވެ.

މީގެ ކުރިން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ އެ ސައިކަލުތައް ބޭރުކުރި މައްސަލާގައި އެކުންފުނީގެ ބައެއް މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެވަގުތު ޑިއުޓީގައި ތިބި ސެކިއުރިޓީ ކްލިއަރެންސް ސެކްޝަންގެ ޑިއުޓީގައި ތިބި ބައެކެވެ.

ގުޅޭ ޓެގު

އެމްޕީއެލް
×
DB released.