Sun Online
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން --ފޮޓޯ/ރައީސް އޮފީސް
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން --ފޮޓޯ/ރައީސް އޮފީސް

ޗެނަލް 13 އިން މައުމޫނުގެ އަބުރަށް އަރައިގަތް ކަމަށް ތުހުމަތުކޮށް މައްސަލަ އެއް ބަލަނީ

މުއާވިޔަތު އަންވަރު
ލިޔުނީމުއާވިޔަތު އަންވަރު

ޗެނަލް 13 ޓީވީ ސްޓޭޝަނުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރިކަމަށް ތުހުމަތުކޮށް ބްރޯޑް ކާސްޓިން ކޮމިޝަނުން މައްސަލައެއް ބަލަން ފަށައިފިއެވެ.

މިއަދު ހެދުނު ބްރޯޑް ކާސްޓިން ކޮމިޝަނަށް ހާޒިރުވުމަށްފަހު ޗެނަލް 13ގެ ޗީފް ލީގަލް އެޑްވައިޒަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ބްރޯޑްކޮމް އިން އަމިއްލައަށް އިސްނަގައިގެން ބަލަމުންދަނީ އެއްވެސް އަސްލެއް ނެތް މައްސަލަ އެއް ކަމަށާއި އެ ޕްރޮގްރާމަކީ ސިޔާސީ ގޮތުން މީހުން ހޭލުންތެރިކުރުމަށް ގެނެސްދިން ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަކައި މީޑީއާގެ އެހެން ފަރާތްތަކަށްޓަކައި ވަރަށް ރަނގަޅަށް ނަސޭހަތްތެރިވެފައި މި ކޮންޓެންޓް ގައި އޮންނަނީ. އެއީ މީހުންގެ އަބުރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރާށޭ. ކާޓޫނު ނުކުރަހާށޭ. ފޮޓޯ ނުހަދާށޭ،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޔަކުކޮށްފައިވާ ކަމެއް ސިފަކޮށްދެވޭނީ އެ އެއްޗެއް ދައްކައިގެން ކަމަށާއި ކޮންޓެންޓްގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޗެނަލް 13 އިން ގެނެސްދިން ނަނާ ހުވަފެން ޕްރޮގްރާމްގެ ސްކްރީން ޝޮޓެއް: މެދުގައި އިން ފޮޓޯ ފުސްކުރެވިފައި ----

ޗެނަލް 13 ގެ ޗީފް އެކްޓިން ސީއީއޯ ހަސަން ޣައްސާން ވިދާޅުވީ އެ ސްޓޭޝަނުން ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައި ނުވާނެ ކަމަށާއި ރައީސް މައުމޫނުގެ އަބުރުފުޅަކީ އިއްޒަތްތެރިވެގެންވާ އަބުރުފުޅެއް ކަމަށެވެ.

"އަޅުގަނޑުމެން ދެއްކީކީ ރައީސް މައުމޫނެއް ނޫން. ރައީސް މައުމޫނެއް ނީންނާނެ ހިންދީ ތިކި ޖަހާފައި ލިޕްސް ސްޓިކް ޖައްސާފަ ނުވަތަ އެ ނޫން އެއްވެސް ގޮތަކަށް ވެސް. ރައީސް މައުމޫނުގެ އަބުރުފުޅަކީ އިއްޒަތްތެރިވެގެންވާ އަބުރުފުޅެއް. އެހެންވީމަ އެ ގޮތަކަށް ނީންނާނެ ރައީސް މައުމޫނެއް،" ޣައްސާން ވިދާޅުވިއެވެ.

ޖުލައި ނުވަ ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން 'ނަނާ ހުވަފެން' ކިޔާ ޕްރޮގްރާމްގައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ހަޖޫޖަހައި ފުރައްސާރަކުރުމަށް ހަދާފައިވާ ކާޓޫނުތަކެއް ދައްކާފައެވެ. އެ ކަމާ ގުޅިގެން ރައީސް މައުމޫނަށް ތާއިދުކުރާ ވަރަށް ގިނަ ބަޔަކު ސޯސަލް މީޑިއާގައި ވަނީ ޗެނަލް 13 އަށް ފާޑުކިޔައި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އާ ގުޅޭ މައްސަލް އެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި އެކަމުގެ ތަފްސީލް އާންމުކުރާނީ މައްސަލަ ބަލައި ނިމުމުން ކަމަށެވެ.

infinity loading...
×
DB released 01.