Sun Online
އިސްޜާއިލުގެ ޖަސްޓިސް މިނިސްޓަރު އެއިލެތު ޝަކެދު ---
އިސްޜާއިލުގެ ޖަސްޓިސް މިނިސްޓަރު އެއިލެތު ޝަކެދު ---

އީރާނު ބޭރުކޮށްގެން ނޫނީ އަސަދަށް ދިރި ނުހުރެވޭނެ: އިސްރާއީލް ޖަސްޓިސް މިނިސްޓަރު

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ދިރިހުންނަން ބޭނުންނަމަ އެގައުމުގެ ކަންތައްތަކުން އީރާން ބޭރުކުރަންޖެހޭކަމަށް އިސްރާއިލުގެ ޖަސްޓިސް މިނިސްޓަރު އެއިލެތު ޝަކެދު ވިދާޅުވެއްޖެއެވެ.

އިސްރާއިލުގައި ބޭއްވި ހާޒްލިޔާ އިންޓަނޭޝަނަލް އިންސްޓިޓިޔުޓް އޮން ކައުންޓާ ޓެރަރިޒަމް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެއިލެތު ވިދާޅުވީ އިރާނުން ސީރިއާގައި ގާއިމްވެ ތިބުން ހުއްޓުމަށްޓަކައި އިސްރާއިލުން ދުނިޔޭގެ ބޮޑެތި ބާރުރަކަށް ޕްރެޝަރުކުރަން އެބަޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ފަސްޖެހޭނަމަ އިސްރާއިލުން އަމިއްލައަށް އިސްނަގައިގެން ފިޔަވަަޅުއަޅާނެ ކަމަށްވެސް އެއިލެތު ވިދާޅުވިއެވެ.

މީގެ ކުޑަ ދުވަސްކޮޅެއްކުރިން އިސްރާއިލުން ވަނީ ހަތިޔާރު ޝިޕްމަންޓުތަކެއް ފޮރުވައިފައިވާ ސަރަހައްދުތަކެއް ކަމަށްބުނެ ސީރިއާގެ ސަރަހައްދަކަށް ބޮންއަޅައިފައެވެ.

"އިރާނުން ސީރިއާގައި ހަރަކާތްތެރިވުމަކީ ވަރަށް ނުރައްކާތެރިކަމެެއް. އިރާނުން ސީރިއާގައި ހަތިޔާރު އުފައްދާ ފެކްޓްރީތައް އެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫން. އަޅުގަނޑު އުއްމީދު ކުރަން ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް އެގޮތަށް އެކަން ވިޔަ ނުދޭނެކަމަށް،" އެއިލެތު ވިދާޅުވިއެވެ.

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައި ވާއިރު އިރާނުން ސީރިއާގައި ގާއިމުވެ ތިބޭ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް އެ ގައުމުގެ މިނިސްޓަރ އޮފް ރީޖަނަލް ކޯޕަރޭޝަން ޒަހީ ހެނެގްބީ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

infinity loading...
×
DB released 01.