ރޮހިންޔާ މީހުންނަށް އެހީވުމަށް ސަރުކާރުން އެކައުންޓްތަކެއް ހުޅުވައިފި

ރޮހިންޔާ މުސްލިމުން ބަންގުލަދޭޝްގައި ދިރިއުޅޭ ކޭމްޕްތައް ވަނީ ތޮއްޖެހިފައި -- ފޮޓޯ: އޭޕީ

ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ފަށާފައިވާ ކެމްޕޭނުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގައި އެކައުންޓްތަކެއް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް 'ސަން' އަށް ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ރޮހެންޔާ މުސްލިމުންނަށް އެހީވުމަށް ކޮމެޓީއެއް އެކުލަވާލާފައިވާނެ ކަމަށާއި އެ ކޮމެޓީގެ ބެލުމުގެ ދަށުން ގިނަ ކަންތައްތަކެއް ހިންގުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެމްއައިބީ އެކައުންޓް:

901 01 48001218 1001 (MVR)

901 01 48001218 2001 (USD)

ބީއެމްއެލް އެކައުންޓު:

7730000160816 (MVR)

7730000160818 (USD)

އޮފިޝަލް ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި އެކައުންޓަށް ޖަމާކުރާ ހުރިހާ ފައިސާއެއް ވެސް ދިނުމަށް ހަމަޖެހިފައި ވަނީ ރޮހިންޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކަމަށެވެ.

އެސްއެމްއެސް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ގޮތް ހެދުމުގެ މަސަތްކަތް ކުރަމުންދާ އިރު އޮފިޝަލް ވިދާޅުވީ އެ ހަރަކާތަށް ހާއްސަކޮށްގެން ދިރާގް ކަސްޓަމަރުންނަށް ގުޅޭނެ ހޮޓްލައިނެއް(1440) ވެސް ގާއުމްކޮށްފައިވާނެ ކަމަށެވެ. އަދި އުރީދީއާ ގުޅިގެން ހޮޓްލައިނެއް ގާއުމްކުރުމުގެ މަސަތްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް