Sun Online
ހައިވޭ ހެދުމަށް ހިއްކަންޖެހޭ ސަރަހައްދު ފާހަގަ ކުރުމަށް ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ މިނިސްޓަރު މުއިއްޒު
ހައިވޭ ހެދުމަށް ހިއްކަންޖެހޭ ސަރަހައްދު ފާހަގަ ކުރުމަށް ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ މިނިސްޓަރު މުއިއްޒު
ހައުސިން މިނިސްޓްރީ

ބްރިޖާ ގުޅުވާލާ ހައިވޭ ހެދުމަށް "ބަންޑް ވޯލް" އަޅަން ފަށައިފި

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ހެދުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދު ފާހަގަ ކުރުމަށް ބަންޑް ވޯލް އަޅަން ފަށައިފި އެވެ.

އެ ސަރަހައްދުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަ ފޮޓޯ ތަކަކާ އެކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ.

ހުޅުލެއާއި މާލެއާއި ދޭތެރޭ އަޅާ ބުރިޖާއި ހުޅުމާލެ ގުޅުވާލަދޭ މަގު ހެދުމަށް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެެވެ.

އެޗްޑީސީ އާ އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އެމަގުގެ މަސައްކަތް 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

×
DB released.