Sun Online
ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ގެސްޓްހައުސް ކޮންފަރެންސްގައި އިންޑަސްޓްރީގެ ތަޖުރިބާކާރު އެތައް ފަރާތްތަކެއް

ޖަޒްލާން މުހައްމަދު
ލިޔުނީޖަޒްލާން މުހައްމަދު

މިއަހަރު ބާއްވާ "ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް"ގައި އިންޑަސްޓްރީގެ ތަޖުރިބާކާރު އެތައް ފަރާތްތަކަކުން ބައިވެރިވާން ހަމަޖައްސައިފި އެވެ.

ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް އޮގަނައިޒްކުރާ ގެޓްއަވޭސްއިން ބުނީ މި މަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އޮންނަ ގެސްޓްހައުސް ކޮންފަރެންސްގައި އެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވެ، ފައިދާ ހުރި ގޮތުގައި، ފަސޭހަކަމާއެކު ގެސްޓްހައުސް ހިންގާނެ ގޮތާ ބެހެގޮތުން އިރުޝާދު ދޭނެ ކަމަށެވެ.

ގެޓްއަވޭސްއިން ބުނީ ބުކިން ޑޮޓް ކޮމްގެ ސީނިއާ އެކައުންޓް މެނޭޖަރު އޮފް ހޮޓެލް މޯލްޑިވްސް، އަސެލާ ޑެމަޓަގޮޓާ މި އިވެންޓުގައި ބައިވެރިވާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވާ އެނދުތަކާ އެއްވަރަށް ފަތުރުވެރިން އިތުރުކުރުމާ ބެހޭ ގޮތުން ކޮންފަރެންސްގައި ވާހަކަ ދައްކާނެ ކަމަށް ގެޓްއަވޭސްއިން ބުންޏެވެ.

ވާތް ފަރާތުގައި ސީނިއާ އެކައުންޓް މެނޭޖަރު އޮފް ހޮޓެލް މޯލްޑިވް އަސެލާ ޑެމަޓަގޮޓާ --

މި ކޮންފަރެންސްގައި ޕާލޭ މޯލްޑިވްސްގެ ޗެއާޕާސަން ޝާހިނާ އަލީ ބައިވެރިވެ ޕްލާސްޓިކް ނައްތާލުމުގެ ކެންޕޭނެއް ފައްޓަވައި ދެއްވާނެ ކަމަށްވެސް ގެޓްއަވޭސްއިން ބުންޏެވެ.

ކަނާތް ފަރާތުގައި އެކްސްޕީޑިއާ އިންކް އިން ރާއްޖޭގެ ސީނިއާ މާކެޓް މެނޭޖަރު އަބޭ ކަންނާ --

އޮންލައިން ޓްރެވަލް އެޖެންޓުން ބޭނުންކޮށް، ރަށްރަށަށް ދާ ފަތުރުވެރިން ގިނަ ކުރުމާއި، އެކްސްޕީޑިއާ ބޭނުންކޮށް ފަތުރުވެރިކަން ފުޅާ ކުރުމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެކްސްޕީޑިއާ އިންކުން ރާއްޖޭގެ ސީނިއާ މާކެޓް މެނޭޖަރު އަބޭ ކަންނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ގެޓްއަވޭސްއިން ބުންޏެވެ. އަދި އެކޯ ހޮޓެލްސް މޯލްޑިވްސްގެ ޓެލެންޓް އެންޑް ކަލްޗާގެ ޑިރެކްޓަރު ވައިބަވް ގާޖު، ފަތުރުވެރިންނާ މުއާމަލާތް ކުރާނެ ގޮތާއި ބެހޭ ގޮތުން އެ ކޮންފަރެންސްގައި މައުލޫމާތު ދެއްވާނެ ކަމަށްވެސް ގެޓްއަވޭސްއިން ބުންޏެވެ.

އެކޯ ހޮޓެލްސް މޯލްޑިވްސްގެ ޓެލެންޓް އެންޑް ކަލްޗާގެ ޑިރެކްޓަރު ވައިބަވް ގާޖް --

ކޮންފަރެސްގައި ޖުމްލަ 200 ގެސްޓްހައުސްއެއްގެ ވެރިންނާއި މެނޭޖަރުން އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާއިރު، ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތައް ކަނޑައަޅާނީ ވަކި ޝަރުތުތަކެއް ހަމަވެ، އެކަން ވެރިފައި ކުރެވިގެން ކަމަށް ގެޓްއަވޭސްއިން ބުންޏެވެ.

infinity loading...
×
DB released 01.