ވައިލެސްކޮށް ޗާޖު ކުރެވޭ ގޮތަށް އައިފޯން 8 ނެރެފި

އެޕަލް އައިފޯން 8 ވައިލެސްކޮށް ޗާޖު ކުރަނީ:

ވައިލެސްކޮށް ޗާޖުކުރެވޭ ގޮތަށް އައިފޯން 8، އަދި އައިފޯން 8 ޕްލަސް މިރޭ ތައާރަފްކޮށްފި އެވެ.

އަލަށް ނެރުނު އައިފޯން 8 ގައި 4.7 އިންޗީގެ ރެޓިނާ ޑިސްޕްލޭ އެއް ވަނީ ހިމަނައިފައެވެ. އައިފޯން 8 ޕްލަސްގައި ހިމެނެނީ 5.5 އިންޗީގެ ރެޓިނާ ޑިސްޕްލޭއެކެވެ.

އައިފޯން 8ގައި 12 މެގަޕިކްސްއެލްގެ ލެންސް އެއް ހިމަނައިފައިވާއިރު ޢޭގައި ހިމެނެނީ އެންމެ ކެމަރާ ސެންސަރެކެވެ. ނަމަވެސް 8 ޕްލަސްގައި 12 މެގަޕިކްސްއެލްގެ ދެ ކެމެރާ ސެންސަރުވަނީ ހިމަނައިފައެެވެ.

އަލަށް ނެރުނު ފޯނުތަކުގައި ވަނީ ޕޯޓްރެއިޓް ކިޔާ ފީޗާއެއް ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ސަބަބުން ފޯނުނަގަމުންދާއިރު އަދި ނެގުމަށްފަހު ވެސް އަލިމިން ބޭނުންވާ ވަރަކަށް ބަދަލުކުރެވޭނެ އެވެ. އެ ދެ ފޯނުގައި ވަނީ އައުގްމެންޓެޑް ރިއަލިޓީގެ ފީޗާ ވެސް ހިމަނައިފަ އެވެ. ފެނާއި ހިރަފުސް ނުވަންނަ އެ ދެ ފޯނު ރިހި ކުލަ އާއި، ޕިންކްގޯލްޑް އަދި ސެޕޭސް ގްރޭ ކުލައިގެ ފޯނުތައް ހިމެނޭނެ ކަމަށް އެޕަލް އިން ބުންޏެވެ.

އެޕަލުން ނެރުނު ފޯނުތަކުގައި ވަޔާލެސްކޮށް ޗާޖު ކުރެވޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ. އެ ދެ އައިފޯނުގެ އަގު އުޅެނީ 699 ޑޮލަރާއި އަދި 799 ޑޮލަރާ ދެމެދުގަ އެވެ. އެ ފޯނުތައް މިމަހުގެ 22 ފެށިގެން ވިއްކަން ފަށާނެ އެވެ. ފޯނަށް ޕްރީ އޯޑަރު ކުރުމުގެ މުއްދަތު ފެށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެޕަލް ވޮޗު 3 އަކާއި އެޕަލް ޓީވީގެ 4ކޭ އެޕަލް އިން މިރޭ ވަނީ ދައްކާލާފަ އެވެ.

އަލަށް ނެރުނު އެޕަލް ވޮޗުން ހިތުގެ ވިންދުގައި މައްސަލައެއް އުލޭނަމަ އެކަން އަންގާނެއެވެ. އެ ވޮޗުން ފޯނާ ނުލައިވެސް ކޯލް ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އަދި އެ ވޮޗުން ވީޑިއޯ ކޯލް ކުރެވޭގޮތް ވެސް އެޕަލްއިން ވަނީ ހަދައިފައިވާއެިރު 40 މިލިއަން ލަވަ ވެސް ފޯނާ ނުލައި އަޑުއަހައިލެވޭނެއެވެ.

އެ ވޮޗުގެ އަގުތައް އުޅެނީ 249 އާއި 349 އެމެރިކާ ޑޮލަރާދޭތެރޭ އަގެއްގައެވެ.

މިރޭގެ ރަސްމިޔާތުގައި ތައާރަފްކުރި އެޕްލް ޓީޥީގެ އާ ވާޝަނުގައި 4 ކޭ އެޗްޑީއާރުވެސް ސަޕޯޓްކުރާނެއެވެ. 179 އެމެރިކާ ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާ އެ ޓީވީ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް